ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި ވަކި ކުރަން ޖެހޭ އުސޫލަށް ނަޝީދުގެ ފާޑުކިއުން!

އެމްޑީޕީން ގައުމީ މަޖިލީހުގެ މާލެ ދާއިރާ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ރައީސް ނަޝީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ގޭބިސީތަކުން ކުނި ނެރެން ކަނޑައަޅާފައިވާ އުސޫލުތަކާއިމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ގޭބިސީތަކުން ކުނި ނެރޭއިރު 3 ބަޔަކަށް ބެހުމަަށް އެންވައިރަމެންޓް މިނިސްޓްރީއިން އަންގާފައިވާ އެންގުމާއި އެއްގޮތަށް ކުނި ނެރުމާއި މެދު ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮތަޅަކަށް އެޅުމަށްފަހު ނެރެނީ ހަމައެކަނި ކުނިވާފަދަ ތަކެތި ކަމަށެވެ. އަދި ކުނި ވަކިކޮށް ނެރޭއިރު ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި އިތުރު ކޮތަޅަކަށް އަޅާފައި ހުއްޓާ ނުދެކޭ ކަމަށްވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާ އިރު، ޖޫން މަހު އެއްވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާ އާ ކުނި ނެރުމުގެ ގަވައިދުގެ ދަށުން ކުނި ބެހިގެން ދަނީ ތިން ކޮތަޅަކަށެވެ. އެހެންކަމުން ބޭނުން ކުރަން ޖެހޭ ޕްލާސްޓިކް ކޮތަޅުތައް އިތުރުވާނެކަމަށް އިޝާރާތްކޮށް ސޯޝަލް މީޑިއާގައި އެތައް ބަޔަކުވެސް ފާޑުކިޔާފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުނި ވަކި ކުރިނަމަވެސް ވެމްކޯއިން ހުރިހާ ކުންޔެއް ނަގަނީ އެކުގައި ކަމަށް ފާހަގަކޮށް ބައެއް ފަރާތްތަކުން ބުނަމުންދާ އިރު، އެފަދަ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާކަންވެސް ފާހަގަކޮއްލެވެއެވެ.

ސަރުކާރުން ދިވެހި ރާއްޖޭގައި ކުނި މެނޭޖްކުރަން ފަށާފައިވާ މަޝްރޫޢ އާއިމެދު ރައީސް ނަޝީދު މިފަދައިން ފާޑުވިދާޅުވެފައިވާއިރު، ދާދި ފަހުން އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯރގަންއިން ދައްކާފައިވާ ވާހަކަތައް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ދޮގު ކުރައްވާ ދިވެހި ރާއްޖޭއަށް ދަރަނިތައް ދެއްކުމުގައި ދަތިތަކެއް ދިމާ ނުވާ ކަމަށާއި ހިންގަމުންދާ މަޝްރޫޢތަކަކީ މުޖުތަމައުއަށް މުހިއްމު ކަންކަން ގޮތުގައި ފާހަގަކުރައްވާފައިވާއިރު، މަޖިލީހުގައި ވާހަކަދައްކަވަމުން ސްރީލަންކާއަށް ދަރަނިތަކުގެ ސަބަބުން ދިމާވެފައިވާ ހާލަތައް އިޝާރާތް ކުރައްވާ އެހެންކަމުން މި ދަނޑިވަޅުގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއތައް މަޑުޖައްސާލުމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: