ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓް ކޯޓްޔާޑްގައި އާންމުން އިންދާފައިވާ ގަސްތައް ނަގަން އެޗްޑީސީއިން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ކޯޓްޔާޑްގައި އާންމުން އިސްނަގައިން އިންދާފައި ހުރި ގަސްތައް ނަގައި އެ ސަރަހައްދު ހުސްކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ކޯޓްޔާޑަށް ކަނޑައެޅިފައިވާ ސަރަހައްދުން އާންމުން އިންދާފައިވާ ގަސްތައް ނެގުމަށް އަންގާފައިވަނީ، އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫޢ ފެށުމަށްޓަކައިއެެވެ. މި އެންގުމުގައި ވާގޮތުގެ މަތިން ފްލެޓްތަކުގައި ދިރުއެޅޭ ފަރާތްތަކުން ނުވަތަ އެހެނިހެން ފަރާތްތަކުންވެސް އެ ސަރަހައްދުގައި އިންދާފައިވާ ގަސްތައް ނެގުމަށް އަންގާފައިވަނީ ޖޫން މަހު 23 ވަނަ ދުވަހުގެ ކުރިންނެވެ.

ހިޔާފް ފްލެޓް ސަރަހައްދުގެ ކޯޓްޔާޑް ތަރައްގީ ކުރުމުގެ މަޝްރޫޢގެ ދަށުން އެ ސައިޓު ހުސްކުރުމަށްޓަކައި، އިސްވެ އެންގިފައިވާ ތާރީހުގެ ކުރިން ނެގިފައިނުވާ ގަސްތައް އެޗްޑީސީއިން ނަގާ ސާފުކުރެވޭނެ ވާހަކަވެސް ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެޗްޑީސީއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ސަރަހައްދަކީ ކުދި ޕާކްތަކެއްގެ ގޮތަށް ފަރުމާ ކުރެވިގެންދާނެ ތަނެއް ކަމަށެވެ. އަދި މިކަމުގެ މަގުސަދަކީ، ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެ ތަނަށް ޒިޔާރަތްކޮށް ހިތްހަމަޖެހޭފަދަ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: