ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަ ކަމެއް ނުފެންނަ ކަމަކަށް ނުހެދޭނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހަލާތު އޮތް ފައްތަރު ފެނިވަޑައިނުގަންނަވާކަމަށް ނުހެއްދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ މާލީ ހަލާތާއި ގުޅުވައި ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަތަކަށް އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގުރޫޕުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރު އަމީރު އެ މަނިކުފާނަށް ރައްދު ދެއްވައި، ރާއްޖޭގެ އިގްތިސޯދީ މިސްރާބު ރަނގަޅުކަމަށާއި، ގިނަ ފަރާތްތަކެއް އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބައެއް ވާހަކަތައް ދެއްކި ދެއްކީނުން، ހަގީގަތަކަށް ހަދައި، ސަރުކާރު ވައްޓާލުމަށް މަސައްތްކަތް ކުރާކަމަށް ފާހަގަކޮށް ފައްޔާޒ އެދިވަޑައިގަތީ، އެފަދަ މަސައްކަތްތަ ކުރާ ”ދުޝްމިނުން“ނަށް އެ މަނިކުފާނު ހިތްވަރު ނުދެއްވުމަށެވެ.

”ރައީސް ވަރަށް ގިނަ އަޅުގަނޑުމެންނާ ދެކޮޅު މީހުން އެބަ މަސައްކަތްކުރޭ، ހަގީގަތެއް ނެތް ވާހަކައެއް އެ ވާހަކަ ދެއްކި ދެއްކީނުން ހަގީގަތަކަށް ހެދޭތޯ، ބޭނުމަކީ ސަރުކާރު ވައްޓާލުމަށްޓަކައި ހަމައެކަނި އޮތް ގޮތަކީ ގައުމު ފުނޑުފުނޑުކޮށްލައިގެން ނަމަވެސް އެކަން ކުރުން، މިއީ އަޅުގަނޑުމެންގެ ދުޝްމަނުން ރާވައިގެން ކުރާ ކަމެއް، ހިންގަވާ އަޅުގަނޑުމެން މިކަމަށް ހިތްވަރު ނުދެމާ.“ ފައްޔާޒް

ބަޔަކު މީހުން އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ހަގީގަތާއި ހިލާފަށް ވާހަކަތައް ދައްކާކަމަށާއި، އެކަމަށް ރައީސް ނަޝީދުގެ އަމަލުތަކުން ހިތްވަރު ލިބިގެންދާކަމަށް ސިފަވެގެންދާ މެސެޖެއް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު ވަޓްސްއެޕަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު ކުރެއްވުމުން ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ބުނެލާ އެއްޗެއްގެ ސަބަބުން، ވެރިކަން ވެއްޓިދާނަމަ، އެ މަނިކުފާނަށް ކުރެވޭނެ ކަމެއް ނެތްކަމަށެވެ. އަދި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނުފެންނަކަމަށްވެސް ނުހެއްދެވޭނެކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

”ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރު ވެއްޓޭނީ ނަމަ ކުރާނެ ކަމެއް ނެތް. ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެދޭނެ،“ ރައީސް ނަޝީދު

”ފަޔާއަށާއި އަމީރު އަދި އެހެން ވަޒީރު ބޭފުޅުންނަށް ދަންނަވަން، އަޅުގަނޑު ވާދަކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބޫއާ، ތި ބޭފުޅުންނަކާ ނޫން، ދެން ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ގޮތް އަޅުގަނޑު ހާމަކުރާނެ، ނުކުމެ މި ތިއްބެވީ ވާދަވެރި ސިޔާސީ ނިޒާމެއްގައި،“ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ވާދަކުރައްވަނީ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއިކަމަށެވެ. އަދި ވަޒީރުންނާއި ނޫންކަމަށް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގައި އޮންނަނީ ވާދަވެރި ސިޔާސީ ނިޒާމެއް ކަމަށާއި، ރައީސް ސޯލިހު ކަންކަން ކުރައްވާފައިވާ ގޮތް އެ މަނިކުފާނު ހާމަ ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު އިޝާރާތް ކުރެެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: