ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްސެގެ މަރު: ސުމޮން މިއާ މަރަން ކުރި ހުކުމް އިސްތިއުނާފުކޮށްފި

އިއްސެގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ބަންގްލްދޭޝްގެ ސުމޮން މިއާ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫގެ އައިސް ޕްލާންޓުގައި މަސައްކަތް ކުރަމުންދިޔަ، ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ސުމޮން މިއާގެ މައްޗަށް ގަސްތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ، މަރަށް މަރު ހިފުމަށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުމޮންގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.

ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމުގެ ކުށަށް ސުމޮން މިއާ އިއުތިރާފުވުމުން، ދައުލަތުންވަނީ މި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ރިޔާއަތްކޮށް، އިއްސެ މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް، ބަންގްލަދޭޝްގެ ރައްޔިތެެއް ކަމަށް ސުމޮން މިއާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައިއެވެ. އަދި މަރަށް، މަރު ހިފުމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމް ކޮށްފައިއެވެ.

މަރަށް، މަރު ހިފުމަށް ކްރިމިނަލް ކޯޓުން ސުމޮން މިއާގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުގައި ކަމަށްވާ އިރު، ސުމޮންގެ ފަރާތުން މި ހުކުމް އިސްތިއުނާފްކޮށްފައިވަނީ، މިދިޔަ ހަފްތާގައިއެވެ.

އިއްސެ މަރާލި ކަމަށް ސުމޮން މިއާވަނީ ތަހުގީގާއި، ޝަރީއަތުގެ، އަޑުއެހުމުގެ މަރުހަލާގައި ވެސް އިއުތިރާފްވެފައިއެވެ.ސުމޮން ބުނެފައިވާތުން، އިއްސެ މަރާލަން ޖެހުން ސަބަބަކީ، މަސައްކަތް ކުރުމުގެ ތެރޭގައި އެނާއަށް އުނދަގޫކޮށް، އޭނާ އާއިލާއަށް ވަގުތު ދޭން ވެސް ހުރަށްއަޅައި، އިއްސެ ފުރުސަތު ނުދޭތީ އެ ނުރުހިގެންކަމަށެވެ. އެހެންނަމަވެސް ފަހުން ސުމޮން މިއާ ބުނީ އެނާ ކުށަށް އިއުތިރާފްވީ، ފުލުހުން އެނާއަށް ބިރުދައްކައި، އަނިޔާކުރުމުގެ ސަބަބުންކަމަށެވެ. އަދި ދައުލަތުން އުފުލާފައިވާ ދައުވާ އެނާ ވަނީ އިންކާރުކޮށްފައިއެވެ.

އިހަވަންދޫގައި ރަހުމުކުޑަ ގޮތަކަށް މަރާލި، ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ މަސައްކަތް ކުރާ އައިސްޕްލާންޓުގެ ތެރޭގައެވެ.

. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ)ގެ މަރާ ގުޅިގެން ސުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލާފައިވުމުންނެވެ. އަދި އޭނާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފެނިފައިނުވުމުން ސުމޮން ފިލައިގެން ދިޔައީ ކަމަށް އެރަށު ރައްޔިތުންނަށް ވެސް ގަބޫލު ކުރެވުނެވެ. ސުމޮން މިއާ ހައްޔަރު ކުރީ ހދ. ކުޅުދުއްފުށީގައި ހުއްޓައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: