ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުން ފަށައިފި

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން ރަސްމީ ގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ.

މި މަހުގެ 20-25 އަށް ކުރިއަށްދާ މި ބައްދަލުވުމގައި އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިޔާ ޕެސިފިކްގެ 54 ގައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމާއި އެކު އައު ފުރުސަތުތައް ދެނެގަތުމާއި އަންނަން އޮތް ޖީލުތަމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުން  މަޝްވަރާތައް ކުރިއަށްދާނެއެވެ.

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި 4 ފޯރަމް އަކާއި މިނިސްޓީރިއަލް މީޓިންގ ތަކާއި ހަވާސާގައި ބާއްވާ އިވެންޓްތަކާއި އެހެނިހެން ހަރަކާތް ތައް ހިމެނެއެވެ.

ކޮމޮންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ޝިޔާރަކީ ޑެލިވަރިންގ އަ ކޮމޮން ފިއުޗަރ: ކަނެކްޓިންގ އިނޮވޭޓިންގ، ޓްރާންސްފޯމިންގ އެވެ.

މި ބައްދަލުވުމުގައި ރައީސް ސާލިހް ބައިވެރިވެވަޑައިގެންނެވުން އެއީ ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ކަށަވަރުކަން ލިބިގެންދާ ކަމެކެވެ. އަދި މިއީ ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރީގެ ކުރިއެރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމަށް އެއްބާރުލުން ހޯދުމާއި، ތަޢުލީމާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދޭ ވެސް ކަމެއްމެއެވެ

މި ބައްދަލުވުމުގައި ރައީސް ސާލިހު ކުދި ޖަޒީރާ ގައުމުތަކުގެ އަޑު، ބައިނަލްއަޤްވާމީ މައިދާނުގައި އުފުއްލެވުމަށް މަސައްކަތްކުރައްވާނެއެވެ.

ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 9 ޖުލައި 1982 ގައެވެ. ނަމަވެސް 13 އޮކްޓޯބަރ 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފައެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން 1 ފެބްރުއަރީ 2020 ގައި ބަލައިގަނެ، ރާއްޖެވަނީ އެޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ހިމަނާފައެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާ ތާރީހު ފަސްކުރެވުނެވެ.

މިއަހަރުގެ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަކީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އަލުން އެޖަމާޢަތާ ގުޅުނު ފަހުން ބާއްވާ މީގެ ފުރަތަމަ ބައްދަލުވުމެވެ. ކޮމަންވެލްތުގައި ހިމެނޭ 54 ޤައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާ އިރު، އޭގެ ތެރެއިން 25 ގައުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: