ލިވާތުކުރުމާއި ގިނަ ބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގުންފަދަ ބިރުވެރި ފާހިޝް އަމަލުތައް މަޖުތަމައުގައި ހިންގަމުންދާތީ އެކަންކަން ހުއްޓުވާ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި ވާ ގޮތުމުގެ މަތިން އަދަބުދީ މިފަދަ މުންކަރާތްތަށް ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ނައިފަރު ދާއިޜާގެ މެންބަރު އަހްމަދު ޝިޔާމް ހުށައެޅި މައްސަލަ އެޖެންޑާވެސް ނުކޮށް ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ތުހުމަތެއް ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ދެމައްސަލަ ބަލައިނުގަތުމަށްފަހު ނަޝީދު ދެން ފުރުސަތު ދެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރުމަށެވެ. ޝިޔާމަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ނަޝީދު މަޖިލިސް ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަން ފައްޓަވާފައެވެ. އަދި ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދެއްވާނަމަ މިނިސްޓަރާއި ސުވާލު ނުކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ސަރުކާރު ހިންގުމުގައި ޝަމިލްވާ އިސް ފަރާތްތަކެއްގެ މައްޗަށް ތުހުމަތުކުރެވޭ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ އަދި ޖަމާއަތް ހަދައިގެން ފާހިޝް އަމަލު ހިންގާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަދުން ހުސެއިން) ކަމަށް ބުނާ މީހަކު ބަރަހަނާ ހަލުގައި އަންހެނަކު އަދި ފިރިހެނަކާއިއެކު ފެންނަ ފޮޓޯއެއް ވަނީ އާންމުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު، ވަކީލް ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
މިކަމާއި ގުޅިގެން މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލައިގައި ވަނީ ދިވެހިރާއްޖެފަދަ ސައްތަ އިން ސައްތަ މުސްލިމު ގައުމެއްގައި ފަހަކަށް އައިސް ކަންބޯޑުވާ މިންވަރަށް ލިވާތުކުރުމާއި ގިނަ ބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގުންފަދަބިރުވެރި ފާހިޝް އަމަލުތައް ގިނަވެ، މިފަދަ އަމަލުތައް ކުރަމުންދާކަން ފޮޓޯއަކުންނާއި ވީޑިއޯތަކުން ފެންނަމުންދާ ހިދު، މިފަދަ ކުށްތަކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ބޮޑެތި ކުށްތައް ކަމަށްވާތީ އާއި މިއީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިޅާފު ކަމަކަށްވުމުގެ އިތުރުން އިސްލާމީ ޝަރީއަތާއި ހިލާފު، އިސްލާމީ މުޖްތަމައުއެއްގައި ހާއްސަކޯށް ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ކުރެވިގެން ވާނެކަމަކަށް ނުވާތީ، މިފަދަ މުންކަރާތްތަށް ވަގުތުން ހުއްޓުވުމަށް ސަރުޚާރަށް ގޮވާލާކަމަށެވެ.

