ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވުމަށް ސިޓީއެއް ނުފޮނުވަން، ފަތުވާ ނެރެފައިވަނީ އުސޫލާއި ހިލާފަށް: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފާހަގަކުރަމަށް ކަނޑައެޅި ޔޯގާ ޑޭ ހުއްޓުވުމަށް ފުލުހުންނަށް ސިޓީއެއް ނުފޮނުވަންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޔޯގާ ޑޭ ފާހަގަނުކުރުން ހުއްޓުވުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް އެންގި ކަމަށް ބުނާ ސިޓީއެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. .

ސިޓީގައި ވަނީ ރާއްޖެއަކީ %100 މުސްލިމު ގައުމަކަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް ކަމަށް ވެސް މި ސިޓީގައި ފަށަމުން ފާހަގަކޮށްފައިވެއެވެ. އެކަމަކު މިހާރަކަށް އައިސް، މެޑިޓޭޝަން ގޮތުގައި ނުވަތަ ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށް ވެސް ސިޓީގައިވެއެވެ.

މިނިސްޓްރީން ބުނީ މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިޓީގައި ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު 2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލިހުން ނެރެފައިވާ ފަތުވާއެއްގައި ވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއްކަމަށެވެ. އެއީ ހިންދޫ ދީނުގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ނުވަތަ ކަސްރަތެއް ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ފަތިބާ މަޖިލިހުގެ ނިންމުމާ ހަވާލާދީ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނޮވެމްބަރު 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިހުން ނެރެފައިވާ ފަތުވާގައިވެސް ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ބުނެފައިވާކަމަށް ސިޓީގައިވެއެވެ. އަދި މި ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާ އަށް އަސަރު ކުރާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފައެވެ.

ނަމަވެސް މިކަންތައް ދޮގުކޮށް އިސްލާމިކް މިނިސްޓްރީން ނެރެފަިއޥާ ނޫސް ބަޔާނުގައި ވަނީ 15 ޖޫން 2022 ވަނަ ދުވަހު އެ މިނިސްޓްރީން މޯލްޑްވް ޕޮލިސް ސާރވިސަްއަށް ފޮނުވައިފައިވާ ކަމަށް ބުޏާ ސިޓީއަކީ ދުނިޔޭގެ ޔޯގާ ޑޭ ފާހަގަކުރުމުގެ ހަރަކާތަކާއި ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީޯ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށްކަމަށެވެ. އަދި ޔޯގާގެ ޝަރުއީ ހުކުމައިމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުޥާއެއް ހޯދުމަށް ފަހު އާންމު ކުރާާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ޑޭ އިންޑިއާއާއި ގުޅިގެން ބައެއް ޞޭރުގައުމުގެ ސަފީރުންނާއި އެމްބަސަޑަރުންވެސް ހާޒިރުވެ ތިބި ފާހަގަކުރަމުންދަނިކޮށް އާންމުވަނީ މިކަމާއި ދެކޮޅަށް އަޑުއުފުލައި، ހަމަނުޖެހުން ހިންގާ ހަރަކާްތ ހުއްޓުވާފައެެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުންނާއި މުއައްސަސާތަކުންނާއި އިދާރާތްތަކާއި މިނިސްޓްރީތަކުން ވަނީ މިކަންތައް ރާއްޖޭގައި ކުރިމަތިވާ އެހެން މައްސަލަތަކާއި އަމަލުކުރައްވާ ގޮތާއި ހިލާފަށް ވަރަށް އަވަސްކަމާއިއެކު ކުށްވެރިކޮށްފައެވެ. އަދި މި މައްސަލަ ބެލައި ތަހުގީގުކުރުމަށްޓަކައި ވަނީ ވަޒީރުންގެ ސަބް ކޮމިޓީއެއްވެސް އުފައްދާފައެެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމުގައި ޝާމިލްވި ފަރާތްތަށް ވަރަށް އަވަހަށް އިންސާފުގެ ކުރި މައްޗަށް ގެނެވޭނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިޥާިރު މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކުރެވިފައި ޖުމްލަ 19 މީހަކު އެބަހުރިއެވެ. މީގެ ތެރޭގައި 2 އިލްމެރިއަކު ހިމެނޭއިރު، ކުރެވޭ ތުހުމަތާއި ގުޅިގެން އެ އިލްމެރިންގެ ދީނީ އިލްވެރިކަމުގެ ފާސްވެސް ވަނީ ބާތިލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: