ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތަކުގެ އަސްލަކީ ރައީސް، އިތުރު އެއްވެސް މީހެއް ނޫން: ނަޝީދު

ރައީސް ނަޝީދު އަދި ރައީސް ސޯލިހު: ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ދިމާވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓީޖީއެސްސީއާއ،ި ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމުމުން އެކަމާއި ނުރުހުން ފާޅުކުރައްވައި އެމްޑީޕީގެ ގުރޫޕަކަށް ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ އަސްލު ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކެބިނެޓުގެ ވަޒީރުންނަށް އެމަނިކުފާން ވިދާޅުވާ ބަސްފުޅުތަކަކީ ހަގީގަތުގައި ރައީސް ސާލިހުގެ ސަބަބުން ވިދާޅުވާން ޖެހޭ ބަސްފުޅުތަކެއް ކަމަށާއި މިހާރު ރާއްޖޭގެ އިގްތިސާދަށް  ކުރިމަތިވެފައިވާ މައްސަލަތައް ކުރިމަތިވީ ރައީސް ސާލިހު ނޫން އިތުރު އެހެން އެއްވެސް މީހެއްގެ ސަބަބުން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސާލިހުގެ އެޖެންޑާގެ ދަށުން މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކެއް ހައްލެއް ނުކުރެވޭނެއެވެ. އަދި ޕާޓީއާ މަޝްވަރާ ނުކޮށް ޓެކްސް ބޮޑު ކުރުމަށް ނިންމުމަށް ފަހު ދިމާވާ ކަންކަން ޕާޓީގެ ބޮލަށް ނުޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރަން ޖެހޭ ކަމީ އެމްޑީޕީގެ މެނިފެސްޓޯއަށް އެކީއެކަށް ރުޖޫއަވުން ކަމަށާއި އެ ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުތަކަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވާފައި ވަނީ ފިނޭންސް މިނިސްޓްރ އިބްރާހިމް އަމީރުއެވެ.

އަމީރު ވިދާޅުވީ އެއްވެސް ކަމެއް ޕާޓީގެ ބޮލުގައި އަޅުވަން މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ހަރަދު ކުޑަކުރުމާއި މެދު އެއްވެސް މީހަކު ދެކޮޅު ނުހަދާ ކަމަށާއި އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބެއްލެވިނަމަ ކަންކަން ރައީސް ނަޝީދަށް ސާފްވީސް ކަމަށް އަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގފެ ބައްދަލުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ޔޫކްރެއިން ރަޝިޔާ ހަގުރާމައިގެ އިތުރުން ކޮވިޑްގެ ސަބަބުން އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އަމީރު ފާހަގަކުރެއްވީ ދަރަންޏާއި ފިސިކަލްތައްދެމެހެއްޓެނިވިކަން ކަށަވަރުކުރަން ހުރި ގޮންޖެހުންތައްވެސް އިތުރުވެގެންދާނެކަމަށެވެ. މިހާރު ކުރިއަށް ދާ ގޮތަށް ދާނަމަ ދައުލަތުގެ އާމްދަނީ 2025 ވަނަ އަހަރާއިހަމައަށް 30 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން އާމްދަނީ އިތުރުކޮށް، ހަރަދުތައް އިތުރުވާ މިންވަރު ކޮންޓްރޯލްކުރަން ފިޔަވަޅު ނާޅައި ތިބެއްޖެނަމަ، 2023 ވަަނަ އަހަރު 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި މިއީ ބޭރުގެ މާލީ ބާޒާރުގެ ހާލަތާއި ދުނިޔޭގެ މާލި ޙާލަތަށް ބަލައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫންކަމަށް އަމީރް ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ހަރަކާްތް ފުޅާވެ އާމްދަނީ އިތުރުވެގެން ދިޔަނަމަވެސް ހަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސިޔާސަތުތަކެއް ރާވަން ޖެހޭކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 60%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. ކުރަންވި ކަމަކީ މުރައިދޫގޭ ގަނޑުވަރު ހުސްކޮށްފަ އެތާއުޅޭ ޖާހިލު މީހާގެ ކިބައިން ދިވެހިން ސަލާމަތްވާންވީ އެމީހާ އެއީ ރައްޔިތުންގެ ހަޒާނާ ރޮލާކާ މީހެއް

  2. އަމީރުވެސް ދައްކަނީ ހުސްވާހަކަ! 4 މަހެއްގެ ރިޒާވް ނޫން އެއްޗެއް ނެތުމާއި ހަމައަށް ދިޔައިރުވެސް އަމީރު ހުރީ ހުސް އަނގަ ތަޅަން، އަދިވެސް ހަމަ އެގޮތުގަ!

  3. ހުރިހާވެސް މައްސަލަޔަކީ ކެނެރީގޭ ޑިމޮކްރަސީގެ އައްޕަޔަށް ހެދިގެން އުޅޭ ބޭފުޅާ. ގޮނޑިދުއްވަން އޮވެބަލަ ޔޫކޭގާ…

  4. ވެރިކަން ލިބުނީމަ މަޝްވަރާ ނޫސްކޮންފަރެންސަން ޕާރޓީގެ ބޭނުމެއް ނެތި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: