މުދަލަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންގެންދާ މައްސަލައެއްގެ ތަހުގީގުގައި ފުލުހުންގެ އިދާރާ އަށް ހާޒިކުރުމަށް މީހަކު ހޯދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ކ، މާލެ ކެލާމާގެއާގެ އިސްމާއިލް ހާފިޒް (29އ) އެވެ.
ހާފިޒު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށާއި އާއިލާއަށްވެސް އޭނާ ދިރިއުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
އޭނާ ފުލުހަށް ހާޒިރުވާން ޖެހޭނީ މި މަހުގެ 15 ވަނަ ދުވަހުގެ 14:00 އަށް ފުލުހުންގެ މައި އިދާރާ ކަމުގައިވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ކަަމަށް ފުލުހުން ބުނެފައިވެއެވެ.

