ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މާލީމީ ކަމުގައި ލަންކާއަށް ވެސް ހަމަ ހަތެއް ފެބްރުއަރީ! 

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތް ހިންގުމުގެ ނިޒާމް ބޮއްސުންލައިގެން ގޮސް އާމްދަނީއަށްވުރެ ޚަރަދުތައް މައްޗަށް ގޮސް ސްރީލަންކާ ބަނގުރޫޓްވެފައި ވަނިކޮށް ސްރީލަންކާ އަށް ބޭރުގެ އެހީ ހޯދުމާއި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެ ވަޑައިގެންނެވީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. މިއަދަކީ ނަޝީދު ލަންކާއާއި ހަވާލުވިތާ 51 ވަނަ ދުވަހެވެ. ނުވަތަ އެއްމަހާއި 20 ވަނަ ދުވަހެވެ.

ލަންކާ އިން ބޭރުގެ އެހީ ހޯދަން ނަޝީދު ހަވާލުވުން އެއީ ލަންކާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ނަޝީދަކީ އަބަދުވެސް ބޭރު ދުނިޔޭގައި ޗެމްޕިއަނެކެވެ. ނަޝީދުގެ ކިބައިން ދިވެހިންނަށް ކޮންމެ ސިފަތަކެއް ފެނުނު ނަމަވެސް އަދިވެސް ނަޝީދަކީ އޭޝިއާގެ މަންޑޭލާ ކަމަށް ބޭރުގެ ބައެއް މީހުންނަށް ހީވެފައި އޮވެއެވެ.

ކޮންމެއަކަސް މިއަދު ލަންކާ އޮތް ހާލަތައް ބައްލަވާށެވެ. ލަންކާއަށް ބޭރުގެ އެހީ ހޯދުމާއި ނަޝީދު ހަވާލުވެގެން ދެމަސް ދުވަސް ވާން ކައިރިވިއިރު ވެސް ބައި ސެންޓެއްގެ އެހީ ވެސް ލަންކާއަށް ހޯދައި ދެވިފައެއް ނުވެއެވެ. ތެލާއި ގޭހާއި ކާބޯތަކެއްޗަށް ޖެހި ލަންކާ މިއަދު އޮތީ މީގެ ދެމަސް ދުވަސް ކުރިން އޮތް ހާލަތައް ވުރެވެސް ގޯސް ހާލަތެއްގައެވެ.

މިއަދު ލަންކާގެ މަގުތަކަށް މީހުން އެއްވެ، އެންމެ ފަހުން ރިޔާސީ ގަނޑުވަރު ވެސް ރައްޔިތުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ. ލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަ އަށް ވެސް ދެން ސަރުކާރު ދެމެހެއްޓުން އެއީ ޔަގީނުން ވެސް ކުރަން ވަރަށް ދަތިކަމަކަށް ވާނެއެވެ. އަދި އަމުދުން ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަން ދެން މިއޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށް ސްރީލަންކާގެ މަސްރަހު ދިރާސާ ކުރާ ހުރިހާ ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ. ގޮތަބަޔާ އަށް ދެން ލަންކާ ރައްޔިތުން މައިތިރި ކުރެވޭނެ ގޮތެއް އެއީ ފެންނަން އޮތް ގޮތެއް ނޫނެވެ.

މިހައި ހިސާބަށް އައުމުން ލަންކާ އިން ފެންނަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން މަޖުބޫރު ވެގެން ދިޔަ ހާލަތަށެވެ.

2008 ވަނަ އަހަރު ނަޝީދު ވެރިކަމަށް އައީ “ކާމިޔާބުގައި ހިތްތިރިކޮށް، ނާކާމިޔާބީގައި ހިތްވަރު ގަދަކުރާނަން.” ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ވެރިކަމުގެ ތިން އަހަރުން ފެނިގެން ދިޔައީ ކަންކަން ކުރުމުގެ ތަޖުރިބާއާއި ފަންނާއި، ހުނަރާއި ގާބިލްކަން ނެތުމުން ހުރިހާ ކަމެއް ބޮއްސުންލައިގެން ދިޔަ މަންޒަރެވެ.

ސިއްހީ ނިޒާމަށް ބަލާއިރު މާބަނޑު މީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ކަރު ބުރިކޮށްލައިގެން އޮޕަރޭޝަން ކުރަން ޖެހުނު ހާލަތު އައެވެ. ކަރަންޓް ދޭން އުފައްދާފައި ހުރި ޔުޓިލިޓީ ކުންފުނިތަކުން އާއްމު ވިޔަފާރިވެރިންނަށް ފައިސާ ނުދައްކައިގެން އެކުންފުނިތަކުން މެނޭޖިން ޑިރެކްޓަރުން ރަހީނުކުރާ ހިސާބަށް ކަންކަން ދިޔައެވެ.

ފުލުހުންނާއި ސިފައިންގެ ވެލްފެއާ ހިދުމަތްތައް މެދުކަނޑާލާ ހިސާބަށް ދިޔައެވެ. ޒަމާނުއްސުރެ ފުލުހުންނާއި ސިފައިންނަށް ދައުލަތުން ދެމުން ދިޔަ ކޮއްތު ވެސް ކަނޑާލީއެވެ.

މާގިނަބަޔަކު ނުދެއްކި ނަމަވެސް ނަޝީދުގެ ވެރިކަން ނިމެން މެދުވެރިވި ވުމުގައި ވެސް އިޤުތިޞާދީ ގޮތުން ގައުމަށް ކުރިމަތިވި ކަންކަން ލިސްޓް ކުރަން ޖެހެއެވެ. ޑޮލަރުގެ ބްލެކްމާކެޓް ހުއްޓުވަން ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ސަރުކާރަށް ކުރެވުނު ކަމެއް ނެތެވެ. އޭރު ނަޝީދު ޑޮލަރުގެ ބްލެކްމާކެޓް ނައްތާލަން ކުރި ކަމަކީ ޑޮލަރުގެ އަގު 15.42 އަކަށް މަތި ކުރުމެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ބާޒާރުގައި ވިއްކަން ހުރި ކޮންމެ އެއްޗަކުން ތިން ރުފިޔާ އެންމެ ދުވަހެއްގެ ތެރޭގައި އުފުލިގެން ދިއުމެވެ.

ކަރަންޓްގެ އަގު ބޮޑުވެގެން އޭރު މާލޭގައި ކުރިއަށް ގެންދިޔަ “ކަރަންޓް މުޒާހަރާ” އަކީ ވެސް ނަޝީދުގެ ވެރިކަމުން މިއަދު ލަންކާގެ ސިފަތައް ފެނުނު އެއް މުޒާހަރާއަށް ވެގެން ދާނެއެވެ. އޭގެ ފަހުން ދީނީ ކަންކަމާއި ގުޅޭ ގޮތުން ނަޝީދު ދެއްވަމުން ގެންދެވި ފަތުވާތަކުގެ ސަބަބުން ސިޔާސީ ގޮތުން ނަޝީދު ޕްރެޝަރަށް ވެއްޓި “26 ޑިސެމްބަރ މުޒާހަރާ” ނިކަން ވަރުގަދައަށް ބޭއްވިގެން ދިޔައީއެވެ.

އެންމެ ފަހުން ނަޝީދު އަރަން ހުރި ގޮޅި ހުސްވަމުން، ހުސްވަމުން ގޮސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވެސް ރަހީނު ކުރީއެވެ. ނަޝީދުގެ ވެރިކަން ވެއްޓެން މެދުވެރިވުމުގައި އަބްދުﷲ ގާޒީ ރަހީނު ކުރުން މުހިއްމު ދައުރެއް އަދާކުރި ނަމަވެސް އަސްލު ފެންނަން އޮތީ އެއަށްވުރެ މާގިނަ ސަބަބުތަކެވެ.

މިހުރިހާ ސަބަބެއް ވިޔެމުން ގެތެމުން އައިސް އެންމެ ފަހުން ފެބްރުއަރީ 07 ކުރިމަތިވެ ދެން ވެރިކަމުގައި ހުރެވޭނެ ހުރިހާ މަގެއް ނަޝީދަށް ބަންދުވީއެވެ.

ނަމަވެސް ލަންކާ ބަނޑު ބިންމަތީގައި ޖެހި، ގޮތް ހުސްވުމުން ލަންކާ އިން ވެސް ހިފީ ނަޝީދުގެ އަތުގައެވެ. ފަހަރުގައި ނަޝީދުގެ އަސްލު ލަންކާގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ނޭންގެނީ ކަމަށް ވެދާނެއެވެ. “އައިލެންޑް ޕްރެޒިޑެންޓް” އަކީ ކުޅެފައިވާ ފިލްމެއް ކަމާއި އެއީ އަސްލު ހަގީގަތެއް ނޫންކަން މީހުންނަށް ނޭންގެނީ ކަމަށް ވެދާނެއެވެ.

ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު ކުރަން ޖެހޭ ސުވާލަކީ ނަޝީދާއި ޒިންމާދާރު މަސްއޫލިއްޔަތެއް ހަވާލު ކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ހެއްޔެވެ؟ ރަނގަޅު ނަތީޖާއެއް ނެރުމުގައި ނަޝީދު ފެއިލް ވެފައިވާ މަންޒަރު ދިވެހިން އެތައް ފަހަރަކު ދެކެވިފައެވެ. މިފަހަރު ލަންކާ ރައްޔިތުންނާއި ދުނިޔެ ވެސް އެކަން ދެކެފި ނޫން ހެއްޔެވެ؟

ވަރަށް ގަދަ
63%ވަރަށް ގަދަ 12%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

16 Responses

  1. ފިތުނަ ސަންގު. ފިތުނަ އުފައްދަން ލިޔާ ކޮންމެ ޚަބަރަކަށް އެއުފައްދާ ފިތުނައަށްވުރެ ބޮޑު މުޞީބާތެއް މިބައިމީހުންނަށް ދައްކަވާށީ! އާމީން. ފިތުނަޔާއި ދޮގު ޚަބަރާގެން އަންނަ މީހުންގެ ކިބައިން މިމުޖުތަމައު މިންޖުކޮށްދެއްވާށި!

    1. ޙަޤީޤަތަށް އެއްޗެއް ލިޔުނީމަ ފިތުނަޔަކަށް ތިޔަވަނީ ނަޝީދު އެއީ ކަލޭގެ ކަލާންގެ ކަމަށް ޤަބޫލުކުރާތީއެވެ. ނިކަން ﷲ ގެ އަޅެއްގެ ގޮތުގައި ހުރެ ހެޔޮވިސްނުމަކުން ވިސްނާލަބަލާށެވެ. މީ ވަރަށް ބޮޑު ޙަޢީޤަތެއްކަން އެދުވަސްތައް ދުށް މީހެއްގެ ހައިސިއްޔަތުން އަހަރެން ހެކިވަމެވެ.

      1. ޒާތީވެގެންގޮސް ލިޔާނެ އެއްޗެއްނޭގި އަމިއްލައަށް އައުގުރާނަ ގޮވިއްޔާ މާތާގިރުވާނެ

    2. ހަގީގީ ވާހަކަ ހަޖަމް ކުރަން ނޭގެ ދޯ. ނަސީދު އައް އިނގޭނީ މީހުންގެ ބޯކާން

  2. ލައްކާހީކުރީ ނަޝީދުވެރިކަމުގާ މިކުޑަ ސައްތައިންސައތަ މުސްލިމުގައުމުގާ ބުދުފައްޅި އަޅާ އެކިދީން ތަކުގެމީހުންނަށް އަޅުކަންކުރުމުގެފުރުޞަތު ހުޅު ވާލެވޭނެކަމަށް ސާކުސަމިޓު ބާވާށޭކިޔަައިގެން އައްޑޫގާ ބުދުފައްޅިހުޅުވިއިރު ނަޝީދުއާއޮއި،، ރާޖަބަކްސާއަކަށް ވެސް ނޭގުނު މާތްﷲ ވޮޑިގެންވާކަމެއް މާތްވެގެންވާ އިސްލާމް ދީނާކުޅެންއުޅުނީމަ ނަޝީދު އަށްވެސް ހެވޭނުހޭވޭ އެއްޗެއް ނޭގި ވެރިކަންވެޓިގެންދިޔައީ ލަންކާގެ ބޮޑުވަޒީރު ރާޖަބަކުސަ ވެރިކަމަށްވެސްމިވީ ހަމަނަޝިދުގެ ވެރިކަމަށްވީހެން

  3. ނަޝީދުގެ މާލީމީ ކަމުގައި ލަންކާއަށް ވެސް ހަމަ ހަތެއް ފެބްރުއަރީ!
    ހެހޭހޭހޭހޭހޭހޭހޭހޭހަެހޭހޭ

  4. ލަންކާ އިން ބޭރުގެ އެހީ ހޯދަން ނަޝީދު ހަވާލުވުން އެއީ ލަންކާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ނަޝީދަކީ އަބަދުވެސް ބޭރު ދުނިޔޭގައި ޗެމްޕިއަނެކެވެ. ނަޝީދުގެ ކިބައިން ދިވެހިންނަށް ކޮންމެ ސިފަތަކެއް ފެނުނު ނަމަވެސް އަދިވެސް ނަޝީދަކީ އޭޝިއާގެ މަންޑޭލާ ކަމަށް ބޭރުގެ ބައެއް މީހުންނަށް ހީވެފައި އޮވެއެވެ.
    ހޭހޭހޭހޭހޭހޭހޭހޭހޭހޭހޭހޭ

  5. 2008 ވަނަ އަހަރު ނަޝީދު ވެރިކަމަށް އައީ “ކާމިޔާބުގައި ހިތްތިރިކޮށް، ނާކާމިޔާބީގައި ހިތްވަރު ގަދަކުރާނަން.” ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ވެރިކަމުގެ ތިން އަހަރުން ފެނިގެން ދިޔައީ ކަންކަން ކުރުމުގެ ތަޖުރިބާއާއި ފަންނާއި، ހުނަރާއި ގާބިލްކަން ނެތުމުން ހުރިހާ ކަމެއް ބޮއްސުންލައިގެން ދިޔަ މަންޒަރެވެ.
    ހޭހޭހޭހޙެހޭހޭހެ

  6. އެންމެ ފަހުން ނަޝީދު އަރަން ހުރި ގޮޅި ހުސްވަމުން، ހުސްވަމުން ގޮސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވެސް ރަހީނު ކުރީއެވެ. ނަޝީދުގެ ވެރިކަން ވެއްޓެން މެދުވެރިވުމުގައި އަބްދުﷲ ގާޒީ ރަހީނު ކުރުން މުހިއްމު ދައުރެއް އަދާކުރި ނަމަވެސް އަސްލު ފެންނަން އޮތީ އެއަށްވުރެ މާގިނަ ސަބަބުތަކެވެ.
    ހޭހޭހޭހޭހޭހޭހޭހޭ

  7. ސަންގުނޫހުގެ މިޚަބަރަކީ ކޮންފަދަ ބޮޑު ތެދެއްތޯއެވެ.
    ވަރަށް ޝުކުރު ދައްނަވަން.
    ޢަދިވެސް މިކަހަލަ ސަޅި ޚަބަރުގެ އިންތިޒާރުގައި މިހުރީ.

  8. ނަޝިދު އިސްލާހީ ޑިމޮކްރެސީގެ ނަމުގައި މުޅި ރާއްޢްޖެ ފަސާދަކޮށް އިޤްތިސޯދާއި މީނިވަންކަން ރަޙުމަތްތެރިކަމުގެ ނަމުގައި އަވައްޓެރި ގައުމަކަށް ވިއްކާލީމަވެސް “ހަމަބުއްދި ފިލާފާ”ތިބި ބައެއްމީހިން ނަށް އަެނާވަރެއް ނެތެވެ. ޢާއެކެވެ. ޥާނީވެސް އެހެންނެވެ. ހަމަބުއްދި ފިލީމާ ފޫކޮޅުގައި އަލިފާން ރޯވެފަހުއްޓަސް ކުރެވޭނެކަމެއް ނޯއްނާތާއެވެ.

  9. ނަސީދު ކޮއްދިން އެއްވެސް ރަނގަޅު ކަމެއް މިވެރިން ނަކަށް ނުފެ ނޭ .

  10. މިއަދު ހުރީ ވާނުވާ ނޭނގޭ ސޮހޮލެކެވެ. ނަޝީދު ވެސް ހިންގި ގޮތަށް ލާދީނީ އެޖެންޑާއާއި ގައުމުގެ މިނިވަންކަން ވިއްކުމުގައި ނަޝީދުގެ ލެގަސީ ދަމަހައްޓަމުން ވެރިކަން ދެމެހެއްޓުމަށް ޓަކައި ދަރަނި ނަގައި ކޯލިޝަންގެ އައުވާނުންގެ އައުވާނުންނާއި ނޫސްވެރިންގެ އަނގަ ބަންދުކުރާން އެ މީހުންގެ ޖީބުފުރާލައި ރާއްޖެ ދަރުވައިލީއެވެ. ނަޝީދުއަށް ވުރެ މީނާގެ ނުބައި ނުލަފާކަން އެތައް ގުނައެއް ބޮޑެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: