ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު (ދެވަނަ) ފިޔަވަހީގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެގޮތުން ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަރ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 172 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މ މަޝްރޫއަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: