ސަރުކާރުން ހަމަހަމަކޮށް ފޯރުކޮށްދޭންޖެހޭ ކަމެއްގެ ތެރެއަށް ޕާޓީގެ ޖަގަހަތައް ވައްދައިގެން ނުވާނެކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މާލޭ ސަރަހައްދަށް ޚާއްސަކުރެވިގެން ކުރިއަށްގެންދާ ގޯތި އަދި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމަށާއި އެކަމުގެ މައުލޫމާތު އާއްމުންނަށް ދިނުމަށް ހަރަކާތެއް ހިންގުމަށް އިއުލާނު ކުރުމާއި އެކު އެ އިއުލާނަށް ރައްދު ދެއްވާ ވައްޑެ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހަމަހަމަކޮށް ފޯރުކޮށްދެންޖެހޭ ކަމެއްގެ ތެރެއަށް ޕާޓިގެ ޖަގަހަތައް ވައްދައިގެން ނުވާނެކަމަށެވެ.
ސަރުކާރުން ރައްޔިތުންނަށް ހަމަހަމަކޮށް ފޯރުކޮށްދޭން ޖެހޭ ކަމެއްގެ ތެރެއަށް ޕާޓީގެ ‘ޖަގަހަތައް’ ވައްދައިގެން ނުވާނެ. އަލުން އަނެއްކާ ސޮދަގާތު ފައުންޑޭޝަނާ ރުމާލު2 ޖަގަހައިގެ ޒަމާން އިޔާދަ ނުކުރައްވާ! މިޕާޓީ ތިހާ ދަށަށް ވައްޓާނުލައްވާ! @faya_i https://t.co/cvTlewOppn
— Waddey (@waddey_) July 25, 2022
ވައްޑެގެ ޓުވީޓުގައި އިތުރަށް އޭނާ ވިދާޅުވެފައިވަނީ އެގޮތަށް އަމަލުތައް ބަހައްޓާނަމަ ޞޮދަގާތު ފައުންޑޭޝަނާ ރުމާލު 2 ޖަގަހައިގެ ޒަމާން އިއާދަ ނުކުރުމަށް ގޮވާލައިފައެވެ.

