ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީ ރޭޕް މައްސަލައިގައި ޖީހާން ފިރިމީހާ ދޫކޮށްލީ ރައީސް އަންގައިގެން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި 2020، ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާގެ މެންބަރު ޖީހާންގެ ފިރިމީހާ ޝާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން އޭނާގެ މައްސަލަ އޮއްބާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމަށް މަޖިލީހުގައި ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޒުވާން ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެކަމާއި ވަރަށް ބޮޑަށް ނުރުހުންވެ ހުންނެވި ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިހާއި ގުޅުވައި ތަފާތު އެކި ވާހަކަތައް ދައްކަވަމުންނެވެ. އެގޮތުން ރައީސް ސޯލިހު އަންހެނަކާއި އެކު ޒިނޭ ކުރައްވާ ފޮޓޯތަކެއް ލިބިފައިވާކަމަށް ވިދާޅުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖުތަކާއި އެކު އެބޭފުޅުންގެ ދެމެދުގައި މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ދެކެވިފައި ހުރި އެކި ވާހަކަތަކުގެ ސްކްރީންޝޮޓުތައް މީޑިއާތަކުގައި ވަނީ ލީކުވެފަ އެވެ.

ނާޒިމް ހައްޔަރު ކުރީ ސަރުކާރުން ސިޔާސީ މަގްސަދެއްގައިކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ކައިވެނިން ބޭރުން ޒިނޭކޮށް، ބަނގުރާ ބޮއެ، ރިޝްވަތު ދީ، ރިޝްވަތު ނަންގަވާ ބޭފުޅުން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ހިތް ރުއްސުމަށް ސަރުކާރުން ނާޒިމް ހައްޔަރު ކުރުމަށް ބޭނުންވީ ނަމަވެސް ގާނޫނީ ގޮތުން އެކަމަށް އެއްވެސް ޖާގައެއް ނެތުމުން ކްރިމިނަލް ކޯޓުން އެ އަމުރު ނުލިބުމުން އައު އަމުރެއް ނެރުމުގެ މަސައްކަތް ފެށީ އެހެން ގާޒީއެއް މެދުވެރިކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނާޒިމްގެ މައްސަލައަށް ސިޔާސީ އެއްވެސް ބައެއްގެ ނުފޫޒެއް ނައިނަމަ އޭނާއަށް އިންސާފު ލިބުނީސްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީޑިއާތަކުގައި 2020 ވަނަ އަހަރުގެ ކޮވިޑުގެ ތެރޭގައި އެންމެ ބޮޑަށް ދެކެވިގެން އައި ސަފާރީ ރޭޕް ކޭސްގެ ވާހަކަތަކެއް ފެންމަތިކޮށް ރައީސް ނަޝީދު ވިދާޅުވީ ޖީހާންގެ ފިރިމީހާގެ މައްސަލަ ކުރިޔަށް ނުގެންދަން ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެންގީ ރައީސް ކަމަށެވެ. އަދި މިއީ ކޮރަޕްޝަނާއި، ވައްކަމުގެ މައްސަލަތަކުގައި ވެސް ސަރުކާރުން އަމަލު ކުރައްވާ ގޮތްކަމަށް ވިދާޅުވެފައި ވެއެވެ.

“ހަމައެހެންމެ ޖީ ފިރިމީހާ ފަދަ އެހެން މައްސަލަތަކުގައި ރައީސް ތަހުގީގު ހުއްޓާލުމަށް ސީޕީއަށް އެންގި… ކޮރަޕްޝަންގެ ހުރިހާ މައްސަލައެއްގައިވެސް ހަމަ އެގޮތް.” ރައީސް ނަޝީދު

ސަފާރީ ރޭޕް ކޭސް: މީޑިއާ ކުށްވެރިކޮށް ބަޔާން ނެރޭއިރު، ތުހުމަތު ކުރެވެނީ އެމްޕީ ޖީހާންގެ ފިރިކަލުންނަށް ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގެއް ނުކުރި

މި މައްސަލަ ފެންމަތިވެގެން އައުމަށް ފަހު “ސަންގު” އިން ތަކުރާރުކޮށް ފުލުހުންނަށް ގުޅައި މައުލޫމާތު ދޭން އެދުނެވެ. އަދި ޖީހާންގެ ފިރިމީހާއަށް ތުހުމަތު ކުރެވޭ މައްސަލަ އޮއްބާލަން، އޭނާ މަސައްކަތް ކުރާކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަ ކުރި އެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޝާންގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ފަހުން އެ މައްސަލައަށް ވީގޮތެއް ސާފެއް ނޫނެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ކެންޔާގެ އަންހެން މީހާއާ މެދު ހިންގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވަނީ ވިދާޅުވެފައެވެ.

މަންނާނު އެހެން ވިދާޅުވީ ނަމަވެސް، އެ ކޭސްއާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ސަފާރީގައި ހިނގައިދިޔައީ ރޭޕްގެ އަމަލެއް ނޫންކަމަށެވެ. އަދި ސަފާރީގައި ހިނގައިދިޔައީ އެއަށްވުރެ ކުޑަ އަމަލެއް ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ޖީހާންއަކީ ރައީސް ސޯލިހުގެ އާއިލީ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: