ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީ ރޭޕް ކޭސް މައްސަލައިގައި ޝާންގެ މައްޗަށް ދައުވާކޮށްފި

ސަފާރީ ކޭސްގައި ދައުވާކުރުމަށް ފޮނުވި ޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކޮށްފިއެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލި މައްސަލައިގައި ނޫސްވެރިންގެ ސުވާލުތައް ފުލުހުންނަށް އަމާޒުވެގެން ވެސް ދިޔައެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ކުރެވުނެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާކަމަށް ޝަފީއު ވިދާޅުވި އެވެ. ޝާންގެ މައްޗަށް ދައުވާ ކުރުމަށް ހުޅުމާލެ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މައްސަލައިގައި ދައުވާކޮށްދޭން އެދި ފުލުުން ހުށަހެޅީ ތިން މީހެއްގެ މައްޗަށެވެ. އެހެން ނަމަވެސް އަނެއް ދެ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ނުވެއެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ކެންޔާގެ އަންހެން މީހާއާ މެދު ހިންގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވަނީ ވިދާޅުވެފައެވެ. ސަފާރީގައި ތިބި ދެ މީހުން ފަރާތުން ފުރައްސާރައާއި ކުރިމަތިވާން ފެށުމުން، އެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބާއި ގުޅޭގޮތުން މަންނާނު ވިދާޅުވީ “އަންހެނަކު ސަލާމަތް ވާން ވެގެން، މޫދަށް ފުންމާލާނީ ބޮޑު ސަބަބެއް އޮވެގެންކަމަށް” ގަބޫލުކުރާ ކަމަށެވެ.

މަންނާނު އެހެން ވިދާޅުވީ ނަމަވެސް، ދާދިފަހުން އެ ކޭސްއާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ސަފާރީގައި ހިނގައިދިޔައީ ރޭޕްގެ އަމަލެއް ނޫންކަމަށެވެ. އަދި ސަފާރީގައި ހިނގައިދިޔައީ އެއަށްވުރެ ކުޑަ އަމަލެއް ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވެފައިވަނީ، ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްވެރިން ގެނެސްދިނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މީޑިއާތަކުގައި ވަނީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ބިދޭސީ އަންހެން މީހާއާއި މެދު ކަންތައް ހިނގައިދިޔަ ގޮތް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

“އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ” އިމްރާން

އިމްރާން ވިދާޅުވީ ގޮތުން ސަފާރީގައި ހިނގީ “ވަރަށް ކުޑަ ކަމެއް” ކަމަށެވެ. އަދި މިއީ އާއްމުތަންތާ ހިނގާ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ. މިއީ އާއްމުތަނެއްގައި ބުނަން ފަސޭހަ ވާހަކައެއް ނޫން ނަމަވެސް، އެތަނުގައި ހިނގައިދިޔައީ އާއްމުންތެރޭގައި ވެސް ހިނގާ ކަމެއްގެ ގޮތުގައި އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: