ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ޓިކެޓް ހަވާލުކުރުމަށް ބާއްވާ ބޮޑު ޖަލްސާ މި މަހު 19 ގައި!

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރުމަށް ބާއްވާ ބޮޑު ޖަލްސާ މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

”ސަންގު“ ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމް ޕީއެންސީ ޖޮއިންޓް ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަކީ ޕީޕީއެމްގެ އިތުރުން ދިވެހި ގިނަ ރައްޔިތުންގެ އުއްމީދު ކަމުގައެވެ.

ޝިޔާމް ވިދާޅުވިގޮތުގައި ރައީސް ޔާމީން ފިޔަވައި ވެރިކަމަށް ގެނައުމަށް އިތުރު އެއްވެސް ޗޮއިސްއެއް ނުފެންނަ ކަމަށާއި ރައީސް ޔާމީން 2023 ވަނަ އަހަރު ދެވަނަ ދައުރެއް ފައްޓަވާނެ ދުވަހަކީ ދެކެން ބޭނުންވާ ދުވަހެއް ކަމުގައެވެ.

ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށް މުހިއްމު ނިންމުން ތަކެއް ނިންމާފައިވާ ކަމަށާއި ޕީޕީއެމް އިން މަސައްކަތް ކުރަނީ ދެޕާޓީ އެކުގައި ކޯލިޝަނެއްގެ ގޮތުގައި ކަމުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނެނީ ޕީޕީއެމް އާއި ޕީއެންސީ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ދެ ޕާޓީ އަކީ އެއް ފުރާޅެއްގެ ދަށުގައި ތިބި އެއްބަނޑުއެއްބަފާ ދެ ޕާޓީ ކަމުގައެވެ.

ރަށްރަށުގައި ސިޔާސީ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ސްޓިއަރިންގ ކޮމިޓީ ތަކަކީ ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީ ތަކެއް ކަމަށާއި އެ ކޮމިޓީގައި ހިމެނެނީ ކޯލިޝަނަަށް ނިސްބަތްވާ މެމްބަރުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ސްޓިއަރިން ކޮމިޓީތައް އިންތިހާބު ކުރިހިސާބުން ފެށިގެން ދާއިރާގެ ރައީސުން އިންތިހާބު ކުރާ ވާހަކަ އޮންނާނެ ކަމަށާއި އެގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ ރައީސުން އިންތިހާބު ކުރުމަށް ދެޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ކޮށް ނިމިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ޕީޕީއެމްގެ ދާއިރާ ރައީސް އިންތިހާބަށް ކުރިިމަތިލުމަށް ފުުރުސަތު ހުޅުވާލައި އެކަމަށް އިއުލާން ކުރާނެ ކަމަށެވެ.

އެކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތައް 2023 އަށް ތައްޔާރު ވުމުގެ ގޮތުން ކުރާ މަސައްކަތްތަށް ކުރިއަށް ވުރެ މާ ބޮޑަށް ވަރުގަދަވެގެން ދާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ދާއިރާގެ ރައީސުން އިންތިހާބު ކުރުމަށް ޕީޕީއެމްގެ ފަރާތުން ކުރާ މަސައްކަތަކީ ވަރަށް ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްއަށް މީހުން އިތުރުވެގެންދާތަނާއި ޕާޓީގެ ރޫހު ވަރުގަދަ ވެގެން ދާތަން ފެނިގެން ދާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: