ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރިއާއި އެކު ގުޅުން ހިންގި ޓީޗަރުންތަކެއް ސަސްޕެންޝަންގައި: ދަރިވަރުންގެ ރައްކާތެރިކަމާއި މެދު އާއްމުންގެ ކަބޮޑުވުން!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަމްގީރު އާއި އެކީ އެއްޖިންސުން ގުޅުން ހިންގި ފަރާތްތަކުގެ ތެރޭގައި ސުކޫލު ޓީޗަރުންނާއި، ކުރިން ތައުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ހިމެނޭތީ އާންމުން އެކަމާއި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުން ހިންގުންފަދަ ދީނާ، ގާނޫނާއި، ހިލާފު އަމަލުތައް ހިންގަމުންދާކަން ހާމަވެ، އެފަދަ އަމަލުތައް ހިންގާފައިވާ މީހުންގެ ތެރޭގައި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭތީ އާންމުންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެކަމުގެ ފާޑުކިޔުންތައް ވަނީ ގިނަވެފަ އެވެ.

ދާދި ފަހުން ލީކު ވި ވީޑިއޯއެއްގައި އަލަމްގީރުއާއި އެކު، އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެނިގެންދަނީ، ޓީޗަރެއްގެ ކަމަށް އަޑު ފެތުރިފައިވުމާއި އެކު، ކަންބޮޑުވުން ފާޅުކޮށް، ބައެއް ރައްޔިތުންވަނީ، އެކަމުގެ ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެެޅުމަށް އެދިފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާއި، ފުލުހުންގެ މުއައްސަސާއިން މި މައްސަލައިގައި ހަނު ހުރުމުން، ކިޔަވާ ކުދިންނަށް އެކަމުގެ ނޭދެވޭ އަސަރުތައް ކޮށްފާނެކަމަށްވެސް ބައެއް ފަރާތްތަކުނެ ބުނެފައިވެއެވެ.

މުއައްސަސާތަކުން ހަނު ހުއްޓައި، ސުކޫލު ހުޅުވިގެން، ކުދިންގެ ކުރިމައްޗަށް އަރާ ޓީޗަރުންގެ ވީޑިއޯތަކެއް ލީކުވެއްޖެނަމަ، މި މައްސަލަ އިތުރަށް ގޯސްވެދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އަނެއް ބައި ފަރާތްތަކުން ވަނީ، އެފަދަ އަމަލުތަކެއް ހިންގާފައިވާ ފަރާތްތަކުގެ ކިބައިން ކުޑަ ކުދިންނަށް އެއްވެސް ގޯނާއެއް ލިބިފައިވޭތޯ ތަހުގީގު ކުރަންޖެހޭކަމަށްވެސް ބުނެފައެވެ.

އަލަމްގީރު އާއި އެކު އެއްޖިންސުން ގުޅުން ހިންގި ފަރާތްތަކުގެ ތެރޭގައި ކުޑަ ކުދިންނާއި ގާތުން މަސައްކަތްކުރަމުންދާ ފަރާތްތަކެއް ހިމެނޭކަަމަށް ހާމަ ވުމާއި އެކު، އެ މީހުންގެ ފަރާތުން، ކުޑި ކުދިންނަށް އެއްވެސް ގޯނާއެއް ނުވަތަ ފުރައްސާރަތަކެއް ކުރިމަތިވެފައިވޭތޯ ބަލަން ޖެހޭކަމަށް ފާހަގަކޮށްފައިވާ ފަރާތަކުން ބުނެފައިވާގޮތުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު(ކާނަލް) އަކީވެސް ކުރީގެ ޓީޗަރެކެވެ.

އަލަމްގީރުއާއި އެކު، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ މުހައްމަދު ނަޝީދަކީވެސް ސުކޫލެއްގެ ޓިޗަރެއްގެ މަގާމުގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ފަރާތަކުން ބުނެފައިވާ ގޮތުން، މުހައްމަދު ނަޝީދު(ކާނަލް) ޓީޗަރެއްގެ މަގާމުގައި މަސައްކަތްކުރި އިރުވެސް ވަނީ، އެފަދަ ތުހުމަތު ތަކެއް ކުރެވިފައެވެ. އެހެން ކަމުން ފުލުހުންގެ މުއައްސަސާއިން މި މައްސަލައިގައި ހިމެނޭ ޓީޗަރުންގެ ފަރާތުން ކިޔަވާކުދިންނަށް އެއްވެސް ޖިންސީ ގޯނާއެއް ނުވަތަ ފުރައްސާރައެއް ކުރިމަތިވެފައިވާތޯ ތަހުގީގު ކުރާނެކަމަށް އުންމީދު ކުރާކަމަށްވެސް އެ ފަރާތ ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: