ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސްގައި މައިގަނޑު ބަހުސްއަކަށް ވާނީ ނާޝީދު ހުށަހެޅި ވެރިކަމުގެ ނިޒާމު ބަދަލު ކުރުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި މައިގަނޑު ބަހުސަކަށް ވާނީ، ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަހުސް ކުރުންކަމަށް ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަނަކަށް އަދ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން، ބަރުލަމާނީއަށް ބަދަލު ކުރުމަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުމެކެވެ. އަދި މިއީ އެމަނިކުފާނު ވަރަށް ފާޅުގައި ބަހުސްކޮށް، ވާހަކަ ދައްކަވާ މައުޟޫއެއްކަން ފާހަގަ ކުރެވެ އެވެ. ރައީސް ނަޝީދު ބޭނުންފުޅު ވަނީ މި އަހަރު ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވޯޓެއް ނެގުމަށް ފަހު، 2024 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ސަރުކާރު އެކުލަވާލުމެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ރާއްޖެއަށް ބަރުލަމާނީއެއް ގެނެސް އެމަނިކުފާނު ބޭނުން ވަނީ ގައުމުގެ ބޮޑުވަޒީރެއްގެ މަގާމަށް އައުމަށްކަމަށެވެ. އެހެންވެ މި މަހުގެ 19 ގައި ބާއްވާ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރޭގައި ނިޒާމު ބަދަލު ކުރުމާއި، އެކު އެ ހުށަހެޅުން ކުރިޔަށް ނުގެންދެވިއްޖެ ނަމަ ރާއްޖޭގެ ވެރިކަމަށް އަންނަ ފަރާތަކީ އެއީ 30 އިންސައްތައިން ކާމިޔާބު ކުރެވޭ ގޮތަށް ބަދަލު ކުރުން ހިމެނެ އެވެ.

މި ހުށަހެޅުންތަކަށް މާބޮޑު ތާއީދެއް ނެތް އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު ބުނާ ގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުންކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ރައީސް ނަޝީދު ހުށަހަޅުއްވާފައި ވާ 30 އިންސައިން އިންތިހާބު ކާމިޔާބު ކުރާ ހުށަހެޅުމަށް ވެސް ތާއީދެއް ނުކުރައްވަ އެވެ.

ކޮންގްރެސް އާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ޕާޓީން ނިންމާނެ ނިންމުމަށް ބަހުސް ކުރާނީ ކޮންގްރެސްގައި ކަމަށެވެ. އަދި އެއީ މިއީ ޕަޓީގެ އެންމެ މުހިންމު ބައްދަލުވުމަށް ވާތީކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ ކޮންގްރެސްގައި އަނެއްހެން އޯޕަންކޮށް ކުރެވޭނެ އެންމެ ބޮޑު ކަމަކަށް އަޅުގަނޑަށް ފާހަގަވެފައި އޮތީ ނިޒާމީ ބަހުސް އަޅުގަނޑުމެން މި ކިޔާ. އެެހެންވީމަ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ހުށައަޅުއްވާ ގޮތަށް އޮތް އެއްޗެއް. މި ދިވެހި ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ މި ޕާޓީއިން ނިންމުމަށް. އެހެންވީމަ ޕާޓީގެ އެންމެ އިސް ގުނަނަކީ ކޮންގްރެސް ކަމުގައިވާތީ ކޮންގްރެސް އިން އެކަމަށް ގޮތެއް ނިންމާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ މިފަހަރު.“ އިބްރާހިމް ވަހީދު

މީގެއިތުރުން ސަރުކާރުގައި ތިއްބެވި އެމްޑީޕީ ވަޒީރުންނަށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތަކާއި، ބެހޭ ޕްރެޒެންޓޭޝަން ހުށަހަޅައި އޭގެ ތަފްސީލު ދިނުން އޮންނާނެކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައުމަށް ބޭނުންވާ އިސްލާހުތަކަށް އެމްޑީޕީގެ ވެބްސައިޓްގައި ހުޅުވާލައިގެން ލިބުނު އިސްލާހު ތަކާއި ޕާޓީގެ ހިންގުމުގެ ތެރޭގައި މިހާތަނަށް ފާހަގަ ވެފައި ހުރި ކަންތައްތަކާއި އެއްކޮށް ޑްރާފްޓެއް އެކުލަވާލުމަށް ގައުމީ މަޖިލީހުން ވަނީ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ. އަދި އެ ކޮމިޓީގެ ރިޕޯޓް ކޮންގްރެސްގެ ކުރިން ބާއްވާ ގައުމީ މަޖިލީހަށް ހުށައެޅުމަށް ފަހު އަސާސީ ގަވާއިދުގެ އިސްލާހުތައް ކޮންގްރެސް އަށް ގެންދާނެ ކަމުގައި އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ގެނައުމަށް ބޭނުންވާ ބައެއް އިސްލާހުތަކެއްގެ މަޝްވަރާތަކެއް ވެސް ހުރުމާއި އެކު އެކަމުގެ ބަހުސްތައް ވެސް ކޮންގްރެސްގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ދާއިރާ ރައީސުންނާއި ނައިބު ރައީސުންނާއި ގޮފިތަކުގެ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުން ބައިވެރިވާނެ އެވެ.

މީގެކުރިން އެމްޑީޕީގެ ކޮންގްރެސް ބެލިފައި އޮތީ އެޕާޓީއަށް އަންމަ އެންމެ ބޮޑު އީދުގެ ގޮތުގަ އެވެ. އެގޮތުން ކޮންގްރެސް އޮންނަ މަހުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ޕާޓީގެ ހަރުގޭގައި ކުރިޔަށް ގެންދިއުމާއި، ކޮންގްރެސް ބާއްވާ ރަށެއްގައި އެކަމުގެ ހަރަކާތްތައް ހަފްތާއެއް ކުރިން ފެށުން ފާހަގަ ކުރެވެ އެވެ. ނަމަވެސް މިފަހަރުގެ ކޮންގްރެސްއަށް ހަފްތާއަކަށް ވީއިރު ވެސް މާބޮޑެތި ހަރަކާތެއް ނެތެވެ. އަދި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: