ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ސާލިހަށް: ރައްޔިތުން އެދޭ ގޮތް އިގޭނީ ރައްޔިތުންގެ ވޯޓަކުން، އިންކާރު ނުކުރޭ!

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ އެދޭ ގޮތް އެގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންކަމަށާއި އެކަމަށް އިންކާރުނުކުރުމަށް ނުސީދާ ގޮތެއްގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށްކަމަށާއި، އަދި އެ ގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްކަމަށެވެ. އަދި ރައްޔިތުން ގާތު އެ ހިޔާލާއި މެދު ދެކޭ ގޮތް ސުވާލު ކުރުމަކީ އެއްވެސް ބަޔަކަށް އިންކާރު ކުރެވޭނެކަމެއް ނޫންކަމަށް ޓުވީޓުގައިވެއެެވެ.

މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އެންމެ ބޮޑު އެއް އިސްލާހަކީ، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމާއި މެދު ގޮތެއް ނިންމުމަަށެވެ. ރިޔާސީ ނިޒާމުގައި ހުރި ގޯސްތަކެއް ފާހަގަ ކުރައްވައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޖަވާބުދާރީ ކުރުވޭނެ ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ކަމަށެވެ.

ރައީސް ނަޝީދުގެ ހުށަހެޅުންތަކަށް އެމްޑީޕީގެ ޕީޖީ މެމްބަރުންނާއި، ގައުމީ މަޖިލިސް މެމްބަރުން ދަނީ އެކަމަށް ދެކޮޅު ހަދައި އެ ހުށަހެޅުން ފާސްވިޔަ ނުދޭނެކަމަށް ބުނަމުންނެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖެއަށް މުހިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި މިއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ދެކޮޅު ހަދައިފައެވެ.

ނަޝީދު ވިދާޅުވީ، ރަނގަޅު ނޫން ގޮތްގޮތަށް ކަންކަން ކުރި ނަމަވެސް އެމަނިކުފާނަކީ ޒުވާބު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ނުފެންނަ ކަމަށް ކޮންގްރެސްއިން ނުނިންމޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އަދި އެގޮތަށް އެފުރުސަތު ދޭން ޖެހޭ ކަމަށްވެސް ނަޝީދު ވަނީ އެމްޑީޕީގެ ހަރުގޭގައި ބޭއްވުނު ބައްދަލުވުމެއްގައިވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: