ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ކަޕާއި ގުޅުވައި، ކޮކަކޯލާއިން ޕްރޮމޯޝަނެއް ފަށައިފި

ކޮކަކޯލާއިން ކުރިއަށް ގެންދިޔަ ފީފާ ކިކްއޯފް އިވެންޓުގެ ތެރެއިން: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮކަކޯލާއިން 2022ގެ ފިފާ ވޯލްޑްކަޕާއި ގުޅުވައި “އަންކެޕް ފްލައި ބިލީވް” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ހޮޓެލް ޖެންގައި ކޮކަކޯލާއިން ބޭއްވި ފީފާ ކިކް އޯފް އިވެންޓުގައި އެ ކުންފުނިން ބުނެފައިވާ ގޮތުން، ވޯލްޑް ކަޕާއި ގުޅުވައި އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަން ފެށޭނީ އޮކްޓޯބަރު 10 ވަނަހުއެވެ. އަދި މި ޕްރޮމޯޝަން 8 ހަފްތާއަށް ކުރިއަށް ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮކަކޯލާއިން ހިންގާ ޕްރޮމޯޝަނުގެ ބައިވެރިންގެ ތެރެއިން ލަކީޑްރޯއެއް ބާއްވައި، 8 ހަފްތާއަށް ކޮންމެ ހޮނިހިރު ދުވަހަކު ގިނަ އަދަދެއްގެ ބަޔަކަށް އިނާމުތަކެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން 8 މީހަކަށް ޕީއެސްފައިވް އަދި ފީފާ 2022ގެ ގޭމް ސީޑީ، 8 މީހަކަށް ކުރިއަށް އޮތް ވޯލްޑު ކަޕުގައި ބޭނުން ކުރާނެ ބޯޅަ، އަދި 8 ފަރާތަކަށް ގަތަރަށް ގޮސް ވޯލްޑް ކަޕު މެޗެއް ބަލާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ރަން މަތިޖަހާފައި ހުރި ކޯކު ފުޅި، ކޯކް ޒީރޯ އަދި ސްޕްރައިޓު ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ.

ކޮކަކޯލާގެ ފީފާ ކިކްއޯފް އިވެންޓު ޝަރަފުވެރިކޮށްދެއްވީ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއެވެ. މިނިސްޓަރ މަހުލޫފުގެ އިތުރުން އިންޑީއާގެ ހައި ކޮމިޝަނަރ މުނޫމަހާވަރުވެސް މި އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: