ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮކާ ކޯލާ ވޯލްޑްކަޕް ޕްރޮމޯޝަންގެ 5 ވަނަ ލަކީ ޑްރޯގެ ނަސީބުވެރިންނާއިއެކު އިވެންޓެއް ބާއްވައިފި

ކޮކާ-ކޯލާ ފިފާ ޕްރޮމޯޝަންގެ ފަސްވަނަ ލަކީ ޑްރޯގެ ނަސީބުވެރިން: ފޯޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮކާ- ކޯލާ އިން ފީފާ ވޯލްޑް ކަޕް ޕްރޮމޯޝަން “އަންކެޕް ފްލައި ބިލީވް” ގެ ފަސް ވަނަ ލަކީ ޑްރޯގެ ނަސީބުވެރިންނާއި އެކު، މާގިރި ހޮޓަލުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

ގަތަރުގައި ބާއްވާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ޕްރޮމޯޓުކުރުމަށް ކޮކާ- ކޯލާ އިން ކުރިއަށްގެންދާ އަންކެޕް ފްލައި ބިލީވް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. އަދި މިހާތަނަށް ފަސް ލަކީ ޑްރޯ ކުރިއަށް ގެންގޮސްފައިވާ އިރު، ކޮންމެ ހޮނިހިރު ދުވަހަކު މި ލަކީޑްރާގެ ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ. 8 ހަފްތާއަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ލަކީ ޑްރޯތައް ކުރިއަށް ގެންދާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން 8 މީހަކަށް ޕީއެސްފައިވް އަދި ފީފާ 2022 ގެ ގޭމް ސީޑީ، 8 މީހަކަށް ކުރިއަށް އޮތް ވޯލްޑު ކަޕުގައި ބޭނުން ކުރާނެ ބޯޅަ، އަދި 8 ފަރާތަކަށް ގަތަރަށް ގޮސް ވޯލްޑް ކަޕު މެޗެއް ބަލާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ކޮކާ ކޯލާއިން ވަނީ 5 ވަނަ ލަކީ ޑްރޯގެ ނަސީބުވެރިންނަށް އިނާމުތައް ކަށަވަރުކޮށްދީ، އެ ފަރާތްތަކާއި އެކު ފޮޓޯ ސެޝަން އެއްވެސް ބާއްވާފައެވެ. އަދި ގަތަރަށް ދާން ޓިކެޓު ލިބިފައިވާ ފަރާތްތަކަށް ޕާސްޕޯޓުގައި މަދުވެގެން 8 މަސް ދުވަހުގެ މުއްދަތު ބާކީ ހުރިކަން ޔަގީން ކުރުމަށްވެސް ކޮކާ ކޯލާ އިން ވަނީ އިލްތިމާޒް ކޮށްފައެވެ.

މީގެ އިތުރުން ކޮކާ ކޯލާއިން ވަނީ ފޭން ޒޯން ވެބްސައިޓެއް ލޯންޗު ކުރާނެކަންވެސް ހާމަކޮށްފައެވެ. އެގޮތުން ވެބްސައިޓުގައި ސްކޯ ޕްރެޑިކްޓު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދާނެކަމަށްވެސް ކޮކާ ކޯލާއިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: