ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލެޓްފޯމުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް، އެ ސަރަހައްދުގައި ހުރި ދަގަނޑުތައް އަދިވެސް ސާފު ނުކުރޭ!

ވިލިމާލެ ފަރަށް ލިބުނު ބޮޑެތި ގެއްލުންތައް/ ފޮޓޯ: ސޭވް ދަ ބީޗް ވީޑިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލޭގެ ފަރު މަތީގައި ތާށިވި ޕްލެޓްފޯމުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ސަރަހައްދު އަދިވެސް އެއްކޮށް ސާފު ނުކުރާކަން އެނގިއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު އަދި ބިޔަ މަޝްރޫއުގެ ގޮތުގައި ސިފަ ކުރާ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތަަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ބްރިޖު މަޝްރޫއު ކުރިޔަށް ގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން އެކަމަށް ބޭނުންވާ ސާވޭ އާއި ތަނބު ޖެހުމަށް ބޯހޯލް ތޮރުފުމަށް ބޭނުން ކުރި އެ ޕްލެޓްފޯމު ފަރަށް އަރައި ގެއްލުންތަކެއް ވީ އޭގެ އެންކަރަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

ވިއްސާރަ ވުމުގެ ސަބަބުންކަމަށް ބުނެ އާއި، ވީހާވެސް ގެއްލުން ކުޑަގޮތަކަށް ޕްލެޓްފޯމް ނެގުމަށް މަސައްކަތް ކުރަނީކަމަށް ބުނެ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން ޕްލެޓްފޯމް ނަގައި އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ސަރަހައްދު ބެލިބެލުމުން ބޮޑެތި ބާގަނޑުތައް ހެދިފައިވާކަން ފާހަގަ ކުރެވުނެވެ. އަދި އެ އޭޖެންސީއިން ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ސާވޭއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ދާއިރު، ފުރަތަމަ ދުވަހު އާއްމު ކުރި ހަތަރު ފޮޓޯގަނޑުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވުނެވެ. އަދި އޮއި ގަދަވުމުގެ ސަބަބުންނާއި، ޕްލެޓްފޯމް ފުން ނުކުރެވި ދުވަސް ވުމުގެ ސަބަބުން ހެދުނު ބާގަނޑުތަކުގައި އެންމެ މަދުވެގެން ވެސް 10 ވަރަކަށް ފޫޓު ހުންނާނެކަމަށް ބެލެވެ އެވެ.

އޭގެ ފަހުން އެ ސަރަހައްދުގެ ވީޑިއޯއެއް ”ސޭވް ދަ ބީޗް“ އިން ވަނީ އާއްމުކޮށްފަ އެވެ. ތިމާވެށީގެ ކަންކަމުގައި ހަރަކާތްތެރިވާ އެ ޖަމިއްޔާއިން އާއްމު ކުރި ވީޑިއޯއިން ފެންނަ ގޮތުގައި އަދިވެސް އެ ސަރަހައްދު އޮތީ ސާފު ނުކޮށެވެ. އަދި ޕްލެޓްފޯމުގައި ހުރި ބައެއް ދަގަނޑުތައް އަދިވެސް ހުރީ ފަރުމަތީގައިކަން ފާހަގަ ކުރެވެ އެވެ. އަދި ބައެއް ދަގަނޑުތައް ހުރީ ފަރުގައި ހެދިފައިވާ ވަޅުގަނޑުތަކުގެ ތެރޭގަ އެވެ.

މި މައްސަލައިގައި އީޕީއޭގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެ ގެއްލުންތައް ވެފައިވަނީ ޕްލެޓްފޯމުގެ ފައިތަކުގެ ސަބަބުން ކަމަށެވެ. އަދި ވަޅުގަނޑުތައް ހެދިފައިވަނީ އޭގެ ސަބަބުންކަން ފާހަގަ ކުރި އެވެ. އޭރު ޕްލެޓްފޯމްގެ މައްސަލައިގައި ބްރިޖު އޮފީހުން ވެސް ބުނީ، ޕްލެޓްފޯމް ފުން ކުރުމަށް ދަތިވީ އެންކަރުތައް ފަރުގެ ތެރެއަށް ވަދެފައި ހުރުމުގެ ސަބަބުން ކަމަށެވެ.

ޕްލެޓްފޯމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކުގެ ދިރާސާ އަދި އެއްކޮށް ނިންމާލެވިފައި ނުވެ އެވެ. އީޕީއޭއިން ބުނީ ރިޕޯޓު ނިމުމުން މީޑިއާތަކާއި އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ، ގިނަ ޖަމިއްޔާތަކާއި ސިޔާސީ އެކި މީހުން ތިބި ނަމަވެސް މި މައްސަލައިގައި ވަކި އެއްޗެއް ނުބުނާތީ ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: