ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން އެހެނިހެން ގައުމުތަކުގެ ސިޔާސީ ޕާޓިތަކަށް ފަންޑުކުރޭ: އެމެރިކާ

އެމެރިކާގެ ރައީސް ބައިޑެން އަދި ރަޝިއާގެ ރައީސް ޕޫޓިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން އެހެނިހެން ގައުމުތަކުގެ ސިޔާސީ ޕާޓީތަކަށް ނުފޫޒު ފޯރުވާކަމަށް އެމެރިކާއިން ހަދާފައިވާ އިންޓެލިޖެންސް ރިޕޯޓަކުން ދައްކައިފިއެވެ.

އެމެރިކާގެ މައި އިންޓެލިޖެންސް އިން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން 2014 ވަނަ އަހަރުން ފެށިގެން ރަޝީއާއިންވަނީ، ދުނިޔޭގައި އެ ގައުމުގެ ނުފޫޒު ގަދަކުރުމުގެ މަގުސަދުގައި ވިއްސަށް ވުރެ ގިނަ ގައުމުތަކުގެ ސިޔާސީ ޕާޓީތަކަށް 300 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ފޮނުވާފައެވެ.

އެމެރިކާއިން ހަދާފައިވާ އިންޓެލިޖެންސް ރިޕޯޓުން ދައްކާގޮތުން، 300 މިލިއަން ޑޮލަރަކީ، ރަޝިއާއިން އެހެނިހެން ގައުމުތަކަށް ފޮނުވާފައިވާކަމަށް ފާހަގަކުރެވިފައިވާ އެންމެ މަދު އަދަދެވެ. އަދި ލަފާ ކުރެވޭ ގޮތުން ސިއްރިޔާތުގައި އިތުރު ފައިސާ ފޮނުވާފައިވާނެކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެމެރިކާގެ ރިޕޯޓުގައި ކުރެވިފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ، އޭޝިއާގެ ގައުމެއްގެ ރައީސް ކަމަށް ކުރިމަތިލާ މީހަކަށް އެ ގައުމުގެ ރަޝިއާ އެމްބެސަޑަރު އެތައް މިލިއަން ޑޮލަރެއް ދީފައިވާކަމަށް ބުނެފައިވުމެވެ.

އެމެރިކާގެ މި އިންޓިލެޖެންސް ރިޕޯޓަކީ، ކުރިން ސިއްރުކޮށްފައިވާ ރިޕޯޓެކެވެ. އަދި މިހާރު އާންމުކޮށްފައިވާ ނަމަވެސް، ރިޕޯޓުގައިވަނީ ގައުމުތަކުގެ ނަންތައް ސިއްރުކޮށްފައެވެ. އެމެރިކާގެ ރިޕޯޓުގައިވާ ހޯދުންތައް އެ ގައުމުން ސިފަ ކުރަނީ، އެހެނިހެން ގައުމުތަކުގެ މިނިވަންކަމަށް ރަޝިއާއިން އަމާޒުކޮށްފައިވާ ހަމަލާއެއް ގޮތަށެވެ.

އެމެރިކާއިން ބުނާގޮތުން މިފަދަ މައުލޫމާތުތައް އެހެނިހެން ގައުމުތަކާއި ހިއްސާކުރަމުންދަނީ، މިކަމަކީ އެ ގައުމުގެ ރައީސް ޖޯ ބައިޑެން އެނާގެ ކެމްޕެއިންގެ ތެރެއިން ވައުދު ވެފައިވާ ކަމަކަށްވުމުންނެވެ. އަދި މި ރިޕޯޓު އެކުލަވާލެވުނީ، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އެރުމުން ފެށުނު ހަނގުރާމައާއި ގުޅިގެން ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު ނެޑް ޕްރިންސްވެސް ވަނީ ރިޕޯޓު އާންމުވުމާއި އެކު، އެނާގެ ކަންބޮވުންތައް މީޑިއާތަކާއި ހިއްސާކުރައްވާފައެވެ. އެނާ ވިދާޅުވީ، ރަޝިޔާގެ މައްޗަށް ތުހުމަތު ކުރެވިފަިއވާ އަމަލުތަކަކީ، އަމިއްލައަށް އިހުތިޔާރު ކުރާ ސަރުކާރެއް ގާއިމު ކުރުމަށް އެހެނިހެން ގައުމުތައް ނުކުޅެދުންތެރި ކުރުމާއި އެއްފަދަ އަމަލުތަކެއް ކަަމަށެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ އިންތިހާބުގައި ރަޝީއާގެ އެއްވެސް ނުފޫޒެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި ހަރުކަށި ފިޔަވަޅުތައް އެޅިގެންދާނެކަމަށްވެސް އެނާ ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: