ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައިސް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ބޭރުގެ ދަރިވަރުންނަށް އެބައޮތް: އަހުމަދު އަބްދުﷲ

ޝެއާރކޮށްލާ ކަހަލަދޯ؟

މަތީތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނެވޭ އިސްލާހާއެކު ޕޮޒިޓިވް ވިސްނުމަކުން ވިސްނާކަމަށްވާނަމަ، ދިވެހިރާއްޖެ ޓޫރިޒަމްގެ މާކެޓް ކުރާ އުސޫލުން ރާއްޖެއަށް އައިސް ތައުލީމް ހާސިލްުކުރަން ބޭނުންވާ ރާއްޖޭން ބޭރުގެ އެތަކެއް ދަރިވަރުންނަށް އެކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަތީތައުލީމާއި ތަމްރީނަށް ހުށައެޅުނު އިސްލާހަށް ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ބައެއް ގައުމުތަކުގައި މެޑިކަލް ޓޫރިޒަމް އާއި އެގްރިކަލްޗަރަލް ޓޫރިޒަމް ކާމިޔާބުކަމާއެކު ހިންގާތަން ފެންނަ ކަމަށާއި ވުމާއެކު ތައުލީމާއި ބެހޭ ގާނޫނަށް ގެނެވޭ އިސްލާހާއެކު ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން ކިޔަވަން ދަރިވަރުން ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ވޭތުވެދިޔަ ސަރުކާރުގައި ޒުވާނުން ނިކަމެތިކޮށް ބިކަކޮށް އެމީހުންނަށް މަންޒިލެއް ނެތި ދާނެ ގޮތަކަށް ދާން ދޫކޮށްލާފައި އޮތް އޮތުމަށް ނިމުމެއް ގެނެސް މިއަދު ރާއްޖޭގައި 15 ހާސްކުދިންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ ޒުވާނުންނަކީ ތައުލީމީ ގާބިލު ހުނަރުވެރި ބަޔަކަަށް ހެދުމުގެ ބުރަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރަން ފަށާފައިކަން އަހުމަދު އަބްދުﷲ ފާހަގަ ކުރެއްވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް ހެޔޮ ބަދަލު އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ގައުމު ބިނާކުރުމާއި ގައުމު އެހެން ލެވެލް އަކަށް ގެންދިއުމުގައި ތައުލީމީ ޒުވާނުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަކީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.

ކޮލެޖެއްގޮތުގައި ހިންގާތަނެއް ހިންގާތާ އަހަރުތަކެއް ވެގެން ގޮސް ނޫނީ ފަނަރަ އަހަރު ދުވަހު ހިންގައި އަދި ބައިނަލްއަގްވާމީ މިންގަޑުތަކަށް ފެތޭ ލެވެލްއަށް އެބޭފުޅުންގެ ނަތީޖާތައް ހުރިކަމަށްވާނަމަ ނުވަތަ ބައެއް ރިސާޗް ކުރާ ތަންތަނާއެކު ނުވަތަ ދުނިޔޭގެ ފެންވަރުގެ ރިސާޗް ހަދާ ތަންތަނާއެކު އެމަސައްކަތް ކުރެވޭ މިންވަރުގައި ކޮލެޖުތައް ހިންގަމުންދާ ކަމުގައިވަނީ ނަމަ އެތަންތަން ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ޖާގަ އޮތުމަކީ މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ކޮލެޖުތައް ޔުނިވަރސިޓީތަކަށް ވެގެންދާއިރު ވިސްނާލަންޖެހޭ ބައެއްކަންކަން ހުރިކަމަށާއި ބައެއް ފަހަރު ރާއްޖޭގެ ބައެއް ފަހަރު ކޮލެޖާއި ޔުނިވަރސިޓީ ތަކުގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް  ނޫނީ އެސައިންމެންޓް ތައް ހަދައިދިނުމަށް އިޝްތިހާރު ކުރާ މަންޒަރ ބައެއް ޕްލެޓްފޯމްތަކުން ފެންނަ ކަމަށާއި  އެފަދަ ކަންކަންކޮށް ކުދިންގެ ނެތް ފެންވަރުން ފިލާވަޅުހެދުމާއި ނުވަތަ އެކުދިން އެހެންމީހުން ބޭނުންކޮށްގެން އެސައިންމެންޓް ހަދައިގެން ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ކުރާކަމަށާއި އެކަމަކީ ގާނޫނުން މަނާ ކޮށްފައިވާ ކަމެއް ކަމަށާއި ވުމާއެކު އިޝްތިހާރުކޮށްގެން އެފަދަ ކަންކަން ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކަމަށް އަހުމަދު އަބްުދުﷲ ވިދާޅުވިއެވެ.

އިޝްތިހާރުކޮށްގެން އެސައިންމެންޓްތައް ފުރިހަމަކޮށްދޭ ފަރާތާއި އެކަން ކުރުވާ ފަރާތުން އެކުރަނީ މަނާކަމެއް ކަމަށާއި އެކަމަކީ ކުށެއްކަން ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

މިހާރަށްވުރެ ބޮޑަށް ބެލެވި ފަރުވާތެރިވެ ދެވޭ ސެޓްފިކެޓްތަކެއް އެ ދެވެނީ އެ އުގެނުނު ކުއްޖާ ނޫނީވެއްޖިއްޔާ މިދެންނެވި ފިލާވަޅުތައް ހަދާ އެ އެސައިންމެންޓް ތައް ހެދިކުއްޖާއަށްތޯ ނޫނީ އެއީ އެކުއްޖާގެ ހުރިފެންވަރުތޯ ޓެސްޓު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުހިއްމު ކަމެއް، ބޭނުންތެރިކަމެއް.  އަހުމަދު އަބްދުﷲ

ކޮލެޖްތަކުން ދަރިވަރުން ކިޔަވާ ނިމިގެން ނުކުންނައިރު ނުވަތަ ކޯސްތައް ނިންމާ ދަރިވަރުން ސެޓްފިކެޓް ހާސިލްކުރާއިރު،  އެކުދިން އެކިޔެވި ކޯހުގެ ފެންވަރު އެކުދިންގެ ގައިގައި ހުރިކަން އެއީ މިއަދު ތައުލީމްދޭ ފަރާތްތަކުން ޔަގީންކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަކީ ގާނޫނުން އެފަަރާތްތަކަށް ލާޒިމްކުރާ ކަމެއް ކަމަށް އަހުމަދު އަބްުދުﷲ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: