ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު 17 ރުފިޔާއަށް ބޮޑުކުރަން ޖެހޭކަމަށް ނުބުނަން: ނަޝީދު

ކުރީގެ ރައީސް އަދި މިހާރުގެ މިޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ އަގު 17 ރުފިޔާ އަށް މަތިކުރަން ވިދާޅުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ހެދުމުން ޑޮލަރުގެ އަގު ހަމަ އަގަށް ބަދަލުވެ ބްލެކް މާކެޓް ނެތިގެން ދާނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެ ހަމަ އަގަކީ 17 ރުފިޔާއަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވަނީ އެމަނިކުފާނު  އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި މަރަދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކާ ވާހަކަދައްކަވައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ވެސް ޑޮލަރު ލިބެނީ 17 ރުފިޔާއަށެވެ. ބްލެކް މާކެޓް ނޫން ގޮތަކަށް ޑޮލަރު ލިބެން ނެތުމުން ރާއްޖޭގައި ޑޮލަރު ވިއްކޭނެ އަގަކީ 15.42 ކަމަށް ކަނޑައަޅައިގެން އަމިއްލަ ނަފުސަށް އޮޅުވާލުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

”ޑޮލަރު ބްލެކް މާކެޓްގައި ވިއްކުނީމާ ދެން ވާގޮތަކީ އެއިން ބޮޑު ފައިދާއެއް އެބަ ނެގޭ. އެހެންވީމަ އެކަމުގައި ކޮންޓްރޯލަށް އަނެއްކާ ވެސް އަޅުގަނޑަށް ފެންނަނީ ކަރަންސީ ފްލޯޓް ކުރަން. އެ ގޮސް އެ ހަގީގީ އަގެއްގައި އެ ހުންނަތަނެއްގައި ހުންނަން،“ ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑޮލަރު ވިއްކާ އަގު ރަސްމީ ސިފައެއްގައި ބޮޑު ނުކޮށް އޮތަސް ހަގީގީ އަގުގައި ޑޮލަރު ލިބޭނެ ގޮތެއް ނެތެވެ. އަދި ރާއްޖޭގައި ޑޮލަރުގެ ހަގީގީ އަގަކީ 17 ރުފިޔާ އެވެ. އެއީ މާކުރީން ސުރެ ފެންނަން އޮތް ހަގީގަތެއް ކަމަށާއި އެހެން ކަމުން ބޭންކުތަކުން ވެސް ޑޮލަރު ވިއްކާ އަގު 17 ރުފިޔާއަށް ހަދައިފިނަމަ ހައްލު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަމަވެސް އެ ބަދަލާއި ފިނޭންސް މިނިސްޓަރާއި ގަވަރުނަރު ދެކޮޅު ހައްދަވާ ކަމަށާ އަދި މިއީ އެފަދަ ބަދަލެއް ގެންނަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ވިދާޅުވެފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެކަމަކު ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ޑޮލަރު ރޭޓު މަތިކުރަންވީ ވަގުތަކީ މިއީ އެވެ.
”ބޭންކުންވެސް 17 ރުފިޔާއަށް ގަނެވިއްކަން ހަދައިފިއްޔާ ދެން ހުރިހާ އެންމެން ވެސް އެއް އަގެއްގައި މިކަން ކުރަން ފަށައިފިއްޔާ އަޅުގަނޑު ދެކޭ ގޮތުގައި އެކަން (ޑޮލަރުގެ ދަތިކަން) ހައްލު ވާނެ،“ ރައީސް ނަޝީދު
އެމަނިކުފާނު ޑޮލަރުގެ އަގު މަތިކުރުމުގެ ވާހަކަ ދެެއްކެވުމާއި ގުޅިގެން އާއްމުންގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: