ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުވާ ކައުންސިލްގައި ތިބެންޖެހޭނީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓް ނުކުރާ ބައެއް: ޑރ ޝަހީމް

އައިއޯސީސގެ ރައީސް މުޙައްމަދު ޝަހީމް އަލީ ސައީދު / ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުވާ ކައުންސިލްގައި ތިބެންޖެހޭނީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓް ނުކުރާ ބައެއްކަމަށް ކުރީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފަތުވާ މަޖިލީސް އެކުލަވާލަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި މަޖިލީހުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ހަތަރު މެމްބަރަކާއި، މިނިސްޓަރުގެ ލަފާގެ މަތީން އައްޔަނު ކުރާ މެމްބަރެކެވެ.

އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ އެންމެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުންގެ ދައުރު މިހާރުވަނީ ނިމިފައެވެ. އަދި ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެކަންޏެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހަށް މެންބަރުން އައްޔަންކުރުން ލަސްވާކަމަށްބުނެ މަޖިލީހަށް ހުށަހެޅި މައްސަލައެއް ހުށައެޅިފައިވާއިރު، ބިލު ހުށައެޅުއްވާދެއްވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ދީނީ ކަންކަމުގައި ރާއްޖޭގައި ހިޔާލުތަފާތުވުންތައް އުފެދި އެކަންތައްތައް ބޮޑެތި މައްސަލަތަކަށް ވަމުން އަންނަ ކަމަށާއި އެފަދަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ނިރުބަވެރި އަމަލުތައް ހިންގަމުން ދާއިރުވެސް ފަތުވާ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާކަމަށެވެ.

މިފަދަ ކަންބޮޑުވުންތަކެއް ހުރިއިރު، ޓުވީޓެއް ކުރައްވާ ޑރ ޝަހީމް ވިދާޅުވީ ފަތުވާ ކައުންސިލުގައި ނުވަތަ ފިގުހު އެކަޑަމީގައި ނަމަވެސް ތިބެންޖެހޭނީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓު ނުކުރާ ބައެއްކަމަށާއި އަދި އަމިއްލަ ރައުޔުއަށް ތައައްސުބު ނުވާ ފިގުހީ ބަހުސްކުރަން ދަންނަ ބައެއްކަމަށެވެ.

ކުއްލި މައްސަލަތަކާއި ގުޅިގެން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއަކަށް ހިޔާލުތަފާތުވުން އޮތްއިރު، ޑރ ޝަހީމްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ފަތުވާ ކައުންސިލް ނުވަތަ ފިގުހު އެކަޑަމީގައި ތިބޭ ފިގުހުވެރިންނަކީ ވަގުތާއި ހާލަތައް ފިގުހު ފައްތަން ދަންނަ ބަޔަކަށްވާންޖެހޭނެކަމަށެވެ.

ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަނު ކުރުން ލަސްވާ ސަބަބާއި މެދު މީގެ ކުރިން ނޫސްވެރިއެއް ކުރި ސުވާލަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފަތުވާ ކޮމިޓީގެ މަސައްކަތްތައް ފިގުހު އެކަޑެމީ އާއި ހަވާލު ކުރުން ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް ދީނީ އެއްބައިވަންތަކަން ހިޔާމަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: