ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިކްޓޮކުގައި ވީޑިއޯތައް އާއްމު ކުރަމުން ދިޔަ ޔާޔާ ނަބީލަށް އެއް އަހަރުގެ ޖަލު ހުކުމެއް!

މުހައްމަދު ނަބީލް (ޔާޔަ ލޫސީ).
ޝެއާރކޮށްލާ ކަހަލަދޯ؟

މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ޓިކްޓޮކް ވީޑިއޯ ކުޅޭ، މުހައްމަދު ނަބީލް އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ

ކްރިމިނަލް ކޯޓުން އިއްޔެ ބުނީ ދައުވާއަށް ނަބީލް އިންކާރު ކުރި ނަމަވެސް އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހައްކާއި ގަރީނާއަށް ބަލާއިރު، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް މައްސަލަ ސާބިތުވާ ކަމަށެވެ. އޭނާއަށް އެއް އަހަރު ދުވަހުގެ ހުކުމެއް އިއްވާފައިވަނީ އޮރިޔާންކާޑު ހެދުމުގެ ކުށުގައެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި މީސްމީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އަންހެން ހެދުން އަޅައިގެން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައެއްގައި ނަބީލު ވަނީ މީގެ ކުރިންވެސް ހައްޔަރުކޮށްފައެވެ. ނަބީލު ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އޭނާ މިނިވަންކުރިއެވެ.

އެ މައްސަލާގައި އޭނާ ދޫކޮށްލާފައިވަނީ ހިނގަމުންދާ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލަން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފުލުހުން ފާހަގަކުރި ނަމަވެސް އޭނާއަށް ތުހުމަތުވާ ކުށުގެ ބާވަތަށް ބަލާއިރު އޭނާގެ ކިބައިން އެހެން މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތްކަމަށެވެ.

މިއީ ނަބީލް ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ދެވަނަ ފަހަރެވެ. ބަރަހަނާ ވީޑިއޯއެއް އާއްމުކުރި މައްސަލައިގައި މިދިޔަ އަހަރު ވެސް އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ ސޯޝަލް މީޑިއާގައި ދެ މަސް ދުވަސް ވަންދެން ޕޯސްޓު ނުކުރުމަށް ޝަރުތުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: