ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ސިއްރުތަކެއް ލީކު ކުރި އެޑްވާޑް ސްނޯޑެންއަށް ރަޝިއާގެ ރައްޔިތުކަން!

އެމެރިކާގެ ސިއްރުތަކެއް ހާމަކުރި އެޑްވާޑް ސްނޯޑެން: ފޮޓޯ/ ސީއެންއެން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ސިއްރުތަކެއް ލީކުކޮށްފައިވާ އެޑްވާޑް ސްނޯޑެންއަށް ރަޝިއާގެ ރައްޔިތުކަން ދީފިއެވެ.

ރަޝިއާއިން ނެރިފައިވާ ރަސްމީ ބަޔާނެއްގައި ބުނެފައިވާގޮތުން އެ ގައުމުގެ ރައީސް ވްލެޑިމިރ ޕުޓިންވަނީ އެމެރިކާގެ ނެޝިނަލް ސެކިއުރިޓީ އެޖެންސީގައި މަސައްކަތްތަކެއް ކޮށްފައިވާ އެޑްވާޑް ސްނޯޑެންއަށް އެ ގައުމުގެ ރައްޔިތަކަށް ވުމަށް އެދިފައިވާ އެދުން ބަލައިގަނެފައެވެ.

އެޑްވާޑް ސްނޯޑެންގެ މައްޗަށް އެމެރިކާއިން ތުހުމަތު ކުރަނީ ޖާސޫސުް ކުރުމާއި އެ ގައުމުގެ މުހިންމު މައުލޫމާތުތައް ވަގަށް ނަގައި ހާމަ ކުރުމުގެ ތުހުމަތެވެ. އެނާ ހާމަ ކުރި މައުލޫމާތު ތަކުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ ކަންކަން ބެލުމަށް ކުރަމުންދާ މަސައްކަތްތައްވެސް ހިމެނެއެވެ. ސްނޯޑެންގެ ވާހަކަތައް ދައްކުވައިދޭ ފިލްމުތައްވެސް ހެދިފައިވެއެވެ.

އެމެރިކާ ސަރުކާރުން ކުރަމުންދާ ބައެއް ސިއްރު މަސައްކަތްތައް އާންމުކުރުމަށްފަހު، ހައްޔަރުކޮށްފާނެކަމަށް ބިރަށް، އެނާވަނީ ހޮންގް ކޮންގްއަށް ފުރުމަަށްފަހު، ރަޝިއާ އަށް ގޮސްފައެވެ. އެނާ 2013 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުންދަނީ މޮސްކޯގައެވެ. އެމެރިކާއިންވަނީ އެނާގެ މައްޗަށް ސިއްރު މައުލޫމާތު އާންމު ކުރި ކަމުގެ ދައުވާ ކޮށްފައެވެ. އެފަދަ ކުށަކަށް 30 އަހަރުގެ ޖަލު ހުކުމެއް ކުރެވެއެވެ.

ރަޝިއާގެ ރައްޔިތަކަށް ވުމަށް ސްނޯޑެން އެދިފައިވަނީ 2020 ވަަނަ އަހަރު އެނާގެ އަންހެނުން ލިންސޭ މިލްސްއާއިއެކު އެވެ. މިހާރުވެސް އެގައުމުގައި މުއްދަތެއް ނެތްގޮތަށް ހުރުމުގެ ހުއްދަ ދެމަފިރިންނަށްވެސް ލިބިފައިވާ އިރު، ސްނޯޑެން އެ ގައުމުގެ ރައްޔިތަކަށް ހެދުމަށް ޕުޓިން ނިންމާފައިވަނީ ޔޫކްރެއިންއާއި ދެމެދު ކުރަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، ވަކި ވަކި ރައްޔިތުންގެ ގުރޫޕުތަކަށް އަސްކަރިއްޔާއާއި އެކު މަސައްކަތް ކުރުމަށް އަނގާނެ އިޝާރާތެއް ކުރުމަށްފަހުއެވެ.

ވަރަށް ގަދަ
93%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: