ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓް: މަޖިލީހުގެ އިދާރާގެ ބޮޑެތި މަރާމާތުތައް ކުރުވާފައިވާ އަގާއި މެދު އޮޑިޓަރ ޖެނެރަލް ސުވާލު އުފައްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި އެ އިމާރާތް ވަށައިގެންވާ އެހެން ތަންތަން ހިމެނޭ ގޮތަށް ކުރަން ޖެހޭ ބޮޑޭތި މަރާމާތުތައް ކުރުވާފައިވާ އަގާއި މެދު އޮޑިޓަރ ޖެނެރަލް ސުވާލު އުފައްދަވައިފިއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއި ކުރައްވައި ނެރެފައިވާ މަޖިލީޙުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮކިއުމެންޓް މަސައްކަތްތައް ފެށުމުގެ ކުރިން ތައްޔާރު ކުރަން ޖެހޭ ތަފްސީލް ބީއޯކިޔު އާއި ކެރުހުން އަދި ސްޕެސިފިކޭޝަން ތައްޔާރު ނުކޮށް އަދި ވާދަވެރި ބިޑިންގއަކާ ނުލައި ސިންގަލް ސޯސް އުސޫލުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ވަނީ ސަރުކާރުގެ ކުންފުޏެއް މެދިވެރިކޮށް މަސައްކަތްތައް ކުރުވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ ބޮޑެތި މަރާމާތުތައް ކުރުމަށް ސަރުކާރު ކުންފުންޏަކާއިއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން 9،903،050 ( ނުވަ މިލިއަން ނުވަ ލައްކަ ތިން ހާސް ފަންސާސް) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ވާދަވެރި ބިޑިންގއަކާ ނުލައި މަސައްކަތް ވަކި ކުންފުންޏެއް ލައްވާ ކުރުވުމުގެ ސަބަބުން އެ މަސައްކަތްތައް ކޮށްފައިވާ އަގަކީ އެންމެ އެކަށޭނެ އަގުކަމާއި މެދު ސުވާލު އުފެދޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން ރިޓެންޝަން ފައިސާ މަސައްކަތް ނިމުނު ފަހުން 12 މަސް ދުވަހުގެ މުއްދަތަށް ބަހައްޓަން ޖެހޭނެ ކަމަށް މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވީނަމަވެސް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރި ސަރުކާރުގެ ކުންފުންޏަށް ދީފައިވާކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ފެންވަރު ދަށްކޮށް ކޮށްފައިވާ މަސައްކަތްތައް އަލުން އެ ކުންފުނި މެދުވެރިކޮށް ކުރުވަން ޖެހުމާއި ޒިންމާ އަދާކުރުވަން ދަތިވިކަން ވަނީ ފާހަގަ ކޮށްފައެވެ.

މަޖިލީހުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހަރަދު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކޯޑު ނޫން އެހެން ކޯޑުތަކުން ވެސް ވަނީ ހަރަދުކޮށްފައެވެ. އެގޮތުން ހަރަދު ކުރަން ޖެހޭ ކޯޑު ނޫން އެހެން ކޯޑުތަކުން 321،084 ( ތިން ލައްކަ އެކާވީސް ހާސް އައްޑިހަ ހަތަރެއް ) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ ހަރުމުދާ ބަލަހައްޓަން ޖެހޭ އެންމެ ރަނގަޅަބް ބެލެހެއްޓިފައި ނުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 89%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: