ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ިޕީޕީއެމްގެ މުޒާހަރާއިން ހައްޔަރު ކުރި 10 މީހުން: ފުލުހުން

މަސްވެރިންގެ ދިފާއުގައި އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މާލޭގެ މާރުކޭޓު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުތަކެއް ވެފައިވާކަމަށް ފާހަގަކޮށް، މަސްވެރިންގެ ހައްގުތައް ކަށަވަރުކުރު ކޮށްދިނުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ އަދަދެއްގެ އާންމު މެމްބަރުންގެ އިތުރުން، ކޯލިޝަނުގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައްވެސް ޝާމިލުވެފައިވެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިންނަށް ރައީސް ސާލިހުގެ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާކަމަށް ފާހަގަކޮށް އިދިކޮޅު ކޯލިޝަނުގެ މުޒާހަރާގެ ބައިވެރިން އަޑު އުފުލަން ފެށުމާއި އެކު، ފުލުހުންގެ މުއައްސަސާއިންވަނީ މުޒާހަރާ ކޮންޓްރޯލްކޮށް ހުއްޓުވާލުމަށްޓަކައި، ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭ ޖަހާފައެވެ.

އިދިކޮޅުގެ މެމްބަރުންތަކެއް ހައްޔަރު ކުރުމާއި ގުޅިގެން އެ ފަރާތްތައް ދޫކޮށްލާނެ ތާރީހަކާއި، އެއްވެސް ފަރާތެއްގެ މުއްދަތު އިތުރު ކުރުމަށް ކަނޑައެޅިފައިވޭ ތޯ ”ސަންގުޓީވީ“ އިން ސުވާލު ކުރުމުން ފުލުހުންގެ މުއައްސަސާއިން ވަނީ އިތުރު މައުލޫމާތުތައް ފަހުން ހިއްސާކުރާނެކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: