ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި ފަސްޓްލޭޑީ މެޑަމް ފަޒްނާ ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލް އަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް  ޖެންޑަރ މިނިސްޓްރީގެ ފަރާތުން މާލެ އާއި އަތޮޅުތެރޭގައި ދުވަހާއި ގުޅޭ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް “ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި ކަނޑައަޅައި ތަޢާރަފްކޮށްފައިވަނީ 14 ޑިސެންބަރު 1990 ގައި އދގެ ޖެނެރަލް އެސެމްބްލީގައެވެ. މި ދުވަހުގެ އަމާޒަކީ ދުވަސްވީ މީހުންނަށް ހުރި ފުރުސަތުތަކަތަކާއި ދިމާވާ ގޮންޖެހުންންތަކާއި މެދު ވާހަކަ ދައްކައި، އެކަންތަކަށް ދިފާއު ކުރުމެވެ. އަދި މީގެ އިތުރުން 21 ވަނަ ގަރުނަށް މުޅި އާބާދީގައި ތިބި އުމުރުން ދުވަސްވާ މީހުންނަށް ހުރިހާ އުމުރެއްގެ ފަރާތްތަކަށް މުޖުތަމަޢެއް ބިނާކުރުމާއި މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

މިގޮތުން، މި ދުވަހުގެ ޝިއާރުގެ ގޮތުގައި މި އައަހަރު އ.ދ. އިން ކަނޑައަޅާފައިވާ ޝިއާރު މައިގަނޑުގޮތެއްގައި ފޯކަސް ކުރެވިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ހިއްސާއާއި ވިލުންވެރިކަމަށެވެ. މިގޮތުން ޙާއްސަކޮށް އުމުރުން ދުވަސްވީ އަންހެނުންގެ ހިއްސާ އާއި ވިލުންވެރިކަން އެވެ.

މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު 700 މިލިއަން މީހުންނަކީ 60 އަހަރުން މަތީގެ އުމުރުފުރައިގެ މީހުންނެވެ. 2050 ވަނަ އަހަރަށް ބަލާއިރު 2 ބިލިއަން މީހުން، މިއީ ދުނިޔޭގެ އާބާދީގެ 20 އިންސައްތަ، 60 އަހަރުން މަތީގެ މީހުންގެ ގޮތުގައި ތިބޭނެކަމަށް އަންދާޒާ ކުރެއެވެ.

މިގޮތުން އެންމެ ބޮޑު ބަދަލެއް ނުވަތަ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ އިންސައްތަ އެންމެ ބޮޑަށް އިތުރު  ދާނެ ކަމަށް ލަފާ ކުރެވެނީ އިރުމަތި އަދި ދެކުނު އިރުމަތި އޭޝިއާގެ ގައުމުތަކުގައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތައްޔާރުކޮށްފައިވާ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް 2014-2054 އިން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްލަ އާބާދީގެ ނިސްބަތުންބަލާނަމަ 2014 ވަނަ އަހަރު ރާއްޖޭގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންގެ އަބާދީއަކީ 5 އިންސައްތައެވެ. އަދި ރާއްޖޭގެ އާބާދީގެ އަންދާޒާތަކަށް ބަލާއިރު 2054 ވަނަ އަހަރުގައި ދޮށީއުމުރުގެ މީހުންގެ އާބާދީ 5 އިންސައްތައިން 14 އިންސައްތައަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މިހެންކަމުން އާބާދީއަށް މިފަދަ ބޮޑު ބަދަލެއް އަންނައިރު އިޖުތިމާޢީ ތަރައްޤީ ކުރިއެރުވުމުގެ ގޮތުން، ސިޔާސަތުތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ މިންގަނޑުތަކަށް ބަދަލުތައް ގެނެވެންޖެހެއެވެ. މީގެ އިތުރުން މިދުވަސް ފާހަޤަކުރަން ކުރެވޭ ކަންކަން ދުވަހުގެ މަޤްސަދު ހާސިލްވާނެހެން ބައްޓަން ކުރުން މުހިއްމެވެ.

ޙާއްސަ ގޮތެއްގައި އާބާދީއަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތް އުމުރުން ދުވަސްވީ މީހުންގެ ހިޔާލާއި ލަފާގެ މަތިން ކުރުން މުހިއްމެވެ. އަދި ޤައުމު ބިނާކުރުމަށް ގިނަގުނަ މަސައްކަތްތައް ކޮށްފައިވާ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކޮށް މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އެފަރާތްތައް ޝާމިލުކުރުމަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ. ހަމައެހެންމެ، އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

އުމުރުން ދުވަސްވީ ފަރާތަތަކުގެ ހައްޤުތައް ރައްކާތެރިކޮށް އެފަދަ ފަރާތްތައް ބާރުވެރިކުރުމަށްޓަކައި މިނިސްޓްރީއިން ވަނީ އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތުގެ ނަމުގައި ސިޔާސަތެއް އެކުލަވާލައިފައެވެ. މި ސިޔާސަތު ޙާއްސަ ކުރެވިފައިވަނީ މައިގަނޑު 4 ދާއިރާއަކަށެވެ. އޭގެތެރޭގައި ހިމެނޭ ބައިތަކުގެ ތެރޭގައި އަޅާލުމާއި ތައްކާތެރިކަން،  މިނިވަންކަމާއި ބައިވެރިވުން ، ސިއްޙަތާއި ދުޅަހެޔޮކަން، ދޮށީ އުމުރުރަށް ތައްޔާރުވުން ހިމެނެއެވެ. މި ސިޔާސަތުގެ ތަސައްވުރަކީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ އޯގާތެރި ވެއްޓެއް ބިނާ ކުރުމާއި ބައިވެރިވުން އިތުރުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި މިނިވަންކަންމާއެކު ދިރިއުޅެވޭނެ މަގުފަހި ކުރުމެވެ.

ހަމައެހެންމެ، ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅައި އުމުރުން ދުވަސްވީ މީހުންނަށް ހިއްފަސޭހަ މާހައުލެއް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، މާލޭގައި ހުންނަ ނާދީ ތަމައްދުން ‘އެލްޑަރލީ ކޮމިއުނިޓީ ސެންޓަރ’ އެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ސެންޓަރ ވެގެންދާނީ އުމުރުން ދުވަސްވީ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި ސޯޝަލް ވެލްބީންގގެ އިތުރުން ބައިވެރިވުން އިތުރު ކުރުމައް އެޅޭގެ އިތުރު ފިޔަވަޅަކަށެވެ.

އުމުރުންދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެނ:ީ

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކޮށް ދުވަހާމެދު ހޭލުންތެރިކަން އިތުރުކުރުން

އުއުމުރުން ދުވަސްވީމީހުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުން

އުއުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ އެކިބާވަތުގެ އަނީޔާއާމެދު ހޭލުންތެރިކަން އިތުރުކުރުން

އުދުވަސްވީމީހުންގެ ސިއްޙީ ދުޅަހެޔޮކަމާމެދު ހޭލުންތެރިކުރުން

އުއުމުރުން ދުވަސްވީ މީހުން ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމަށް ދެވޭ ފުރަސަތެއް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯސަލް ސެކިއުރިޓީ އިން ވަނީ ބުނެފައެވެ.

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް 2022 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 1 އިން 14 އަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ފާހަގަ ކުރުމަށް ކަނޑައަޅާއި، ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިރައްޖޭގެ 19 އަތޮޅުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން  އާއިލީ ހަވީރު ބޭއްވުމާއި އޯޕަން ފޯރަމް އާއި ދާންމަތިވެފައިވާ ފަރާތްތަކަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ހާލުބަލައި ހަދިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ކަސްރަތާއި ހެލްތް ސްކްރީނިންގ ޕްރޮގްރާމާއި މާމަ ކާފަ ބަސްދަތުރާއި އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކުގެ ހިދުމަތް ފާހަގަކޮށް އެފަރާތްތަކަށް އައްޑަނަ ދިނުން ހިމެނެއެވެ.

އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ގްރައުންޑް ގޮލްފް މުބާރާތުގެ ފައިނަލް މެޗާއި ވަނަވަނައަށްދާ ފަރާތްތަކަށް އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޖެންޑަރ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް މާލެ ސަރަހައްދުގައި ޕެންޝަން އޮފީހާއި މާލެ ސިޓީ ކައުންސިލް އަދި ޖެންޑަރ މިނިސްޓްރީ ގުޅިގެން ފުރުޓް ޕެކްސް ހަދިޔާ ކުރުން ކުރިއަށް ގެންގޮސްފައިވާއިރު އެ ހަރަކާތުގައި ކްލިކް ކޮލެޖުން ވަނީ ބައިވެރި ވެފައެވެ. އަދި ފުވައްމުލަކުގައި މި ދުވަސް ފާހަގަކުރުމަށް ގްރައުންޑް ގޮލްފް މުބާރާތަކާއި އޯޕަން ފޯރަމް އަކާއި އެކު އިސްރަށްވެރިންގެ ހަފްލާއަކީ އާއިލީ ހަވީރާއި ޕެންޝަން އޮފީހުގެ ފަރާތުން ކުރިއަށް ގެންދިޔަ ރޯޑްޝޯ އަކާއި ތްރީ ޖެނެރޭޝަން ވޯކް ހިމެނެއެވެ.

މި ހުރިހައި ހަރަކާތްތައް އިންތިޒާމް ކުރުމުގައި ޕެންޝަން އޮފީހުގެ އިތުރުން ދިވެހިރާއްޖޭގެ އަތޮޅު އަދި ރަށު ކައުންސިލްތައް، ދިވެހި ފުލުހުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، އިބަމަ މެންބަރުން، ދިވެހި ގާލްގައިޑް އަދި ކަބް ސްކައުޓް، ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒްތައް، ސްކޫލްތަކާއި އަދި ދަޢުލަތުގެ އެހެނިހެން އިދާރާތަކުގެ ބައިވެރިވުމާއި އެހީތެރިކަން ލިބިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: