ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ދެ އަންހެން ފުލުހަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ބޮޑީވީން ކެމެރާ ފުލުހުން ބޭނުންކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ޕޮލިސް ސްޓޭޝަނުން އަންހެނުންތަކެއް ބޭރަށް ނެރެން މަސައްކަތްކުރި ދެ އަންހެން ފުލުހަކަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާކެއްގައި ބުނެފައިވަނީ އެދެ ފުލުހުންނަށް އަނިޔާވެފައިވަނީ ސ ހުޅުދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އައްޑޫގައި ވައްކަމާއި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ހުޅުދީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް މަގުމަތިން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކޮށް، ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން އޭނާއާއި ސުވާލު ކުރަމުންދިޔައިރު 35 އަހަރުގެ އަންހެނަކު، ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭ ކަމަށް ބުނެ ފުލުހުން ހުއްޓުވައި 37 އަހަރުގެ މީހާ އާއި ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ ފިރިހެންމީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އަންހެން މީހާ ވަނީ އިތުރު އަންހެނަކާއެކު ޕޮލިސް ސްޓޭޝަނަށް ވަދެ އެ ފިރިހެންމީހާ ދޫކޮށްލުމަށް ބުނެ ޕޮލިސް ސްޓޭޝަންތެރޭގައި އަޑުގަދަކޮށް މަސްލަހަތު ނަގާލާ ހަމަނުޖެހުން ހިންގާފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވުމާއެކު އެއަމަލު ހުއްޓުވައި ސުލްހަ ވެރިކަމާއެކު ޕޮލިސް ސްޓޭޝަނުން ދިއުމަށް އެދެއަންހެނުންނަށް އެންގުމުން އެކަމަށް އިންކާރުކުރުމުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން އެމީހުން ޕޮލިސް ސްޓޭޝަނުން ނެރުމަށް މަސައްކަތް ކުރިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހުން ނެރުމަށް މަސައްކަތްކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށާއި އެކަމުގެ ތެރޭގައި ދެ އަންހެން ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައިވާއިރު މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދަައި ކަން ހިނގައި ދިޔަގޮތް ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މި ބަޔާނާއި ގުޅިގެން ނޫސްވެރިން ވަނީ ތަފާތު ސުވާލުތަކެއް އުފައްދާފައެވެ. ނޫސްވެރިންގެ ސުވާލު ތަކަށް ފުލުހުން ޖަވާބުދާރީވެފައެއް ނުވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: