ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ފޯޅަވަހީގައި ބަނޑަހަ ޖަހައިގެން މަސްވެރިކަންކޮށް އުޅުނީ ދިވެހިން ކަމަށާއި އެހެންކަމުން އެތަނުގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގީ ރާއްޖެއަށް ކަމަށް ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފޯޅަވައްސާއި ގުޅޭ ތާރީހީ ލިޔުންތަކެއް ހިއްސާކުރައްވާ ”ފޯޅަވަހި: ރާއްޖޭގެ ފަޅުރަށެއް“ ނަމުގައި ނެރުއްވި ލިޔުމެއްގައެވެ.

ރައީސް ނަޝީދުގެ ލިޔުމުގައިވާގޮތުން ފޯޅަވައްސަކީ ރާއްޖޭގެ ރަށެކެވެ. އަދި 1700 ގެ އަހަރުތަކުގައި ފޯޅަވަހިއަށް އަޅުން ގެންދެވުނުއިރު، ރާއްޖެއަށް ވެސް އެ ދުވަސްވަރު އަޅުން ގެނެވޭކަމަށާއި، އެގޮތުން މާލެއަށްވެސް އަޅުގެންނަނީ އެއް ތަނަކުންކަމަށް ރައީސް ނަޝީދުގެ ލިޔުމުގައިވެއެވެ.

ލިޔުމުގައިވާގޮތުގައި ފޯޅަވަހީގެ ސިޔާދަތީ ބާރު ފުރޮޅެމުންދިޔައީ ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތާއި ދެމެދު ހިންގަމުން ދިޔަ ހަނގުރާމަތަކުގައި ކުރި ލިބޭ ގައުމަކަށެވެ. އަދި 1965 ވަނަ އަހަރަށްވީއިރު ފޯޅަވަހި ބަލަހައްޓަނީ އިނގިރޭސި ދައުލަތުންކަމަށް ބުނެފައިވެއެވެ.

އިނގިރޭސި ދައުލަތުން ފޯޅަވަހި ދޫކޮށްލާއިރެއްގައި އެރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރޭނީ އެރަށުގެ އަހުލުވެރިންނަށް ކަމަށާއި ނަމަވެސް އެތަނުގައި ބަޔަކު ނެތް ކަމަށް ނަޝީދުގެ ލިޔުމުގައިވެއެވެ. އަދި މީހުން ތިބީ ޑީއޭގޯ ގާސިޔާ އަތޮޅުގައިކަމަށާއި އެމީހުންގެ އެއްބައި މީހުން ތިބީ މޮރިޝަސް ގައިކަމަށްވާއިރު، އަނެއްބައި މީހުން އިނގިރޭސި ވިލާތުގައިވެސް ތިބިކަމަށް ރައީސް ނަޝީދު ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ނަޝީދުގެ ލިޔުމުގައި ފާހަގަކޮށްފައިވާގޮތުން މޮރިޝަސްއަށް ގެންދިޔައީ ފޯޅަހީގެ މީހުންނެއްނޫނެވެ.

އެތަނުގައި ބަޑަހަ ޖަހައިގެން މަސްވެރިކަމުގައި އުޅުނީ ދިވެހިން ކަމަށާއި، ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުންކަމަށް ފާހަގަކޮށްފައިވެއެވެ.

އެހެން ކަމުން ފޯޅަވަހިން އިނގިރޭސިން ފައިބާއިރު ޑިއޭގޯ ގާސިއާ އަދި އެހެނިހެން ބައެއް އަތޮޅުތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ފުރޮޅުނު ނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްޤީ ދިވެހިންނަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ. 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.

މިދެންނެވި މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ. އެހެން ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައި ވަނީ މައްސަލަ ބެލުމަށެވެ.

ބަންޑާރަ ނައިބު ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ޤައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދީގެންކަން ބަންޑާރަނައިބު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޢައްޔަނުކުރެއްވި ކަމަށް ބަންޑާރަނައުބު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އުޞޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ދިފާޢުކޮށްފައިވާނެ ކަމަށް ބަންޑާރަނައިބުގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: