ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކުރައްވާ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ވަކާލާތަކީ “އާލަމީ” ވަކާލާތެއްކަމަށް އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކޮންފަރެެންސްގައި ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފިކަމަށެވެ. އެއާއިއެކު އެމަނިކުފާނަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކުރީ ރާއްޖޭގެ ބަދަލުގައި، އެހެން ގައުމެއް ތަމްސީލުކުރައްވަން ވަޑައިގެންނެވީމައެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުންވެސް ވަނީ މިކަން ކުށްވެރިކޮށް ބަޔާން ނެރެފައެވެ.
އޭގެ ތެރޭގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ހިމެނެއެވެ. އެމްއާރުއެމްއިން ނެރުން ބަޔާނެއްގައި ބުނީ އެ ޕާޓީ އިން ދެކޭ ގޮތުގައި، މިއީ ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއްކަމަށް އެމްއާރުއެމް އިން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ރައީސް ނަޝީދުގެ ދިފާއުގައި އެމަނިކުފާނާއި އަރިސް މެންބަރު މުހައްަމަދު ޓުވީޓެއްކުރައްވާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ވަކާލާތަކީ “އާލަމީ” ވަކާލާތެއްކަމަށެވެ. އަދި އެއީ ދޭދޭ ދެގައުމެއްގެ ވާދައެއް އެކުލެވޭ ވަކާލާތެއް ނޫންކަމަށާއި، އަދި އެއީ އެއް ވިސްނުމެއްގައި އެއް މަޤްސަދަކަށް ކުރެވޭ ކަމެއްކަމަށް މުހައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ވަކާލާތަކީ “އާލަމީ” ވަކާލާތެއް. އެއީ ދޭދޭ ދެގައުމެއްގެ ވާދައެއް އެކުލެވޭ ވަކާލާތެއް ނޫން. އެއީ އެއް ވިސްނުމެއްގައި އެއް މަޤްސަދަކަށް ކުރެވޭ ކަމެއް. https://t.co/BxRfPwPWH6
— Waddey (@waddey_) November 6, 2022
ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ، މި ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް ) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ އިންތިޒާމް ކުރާ ބައްދަލުވުމުކެވެ. ރައީސް ނަޝީދު މިސްރަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ސީވީއެފް އާއި 20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާއިއެކު ކޮޕް 27 ގެ ހަވާސާއިގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
ދިވެހިރާއްޖެއަކީވެސް ސީވީއެފްގެ މެމްބަރު ގައުމަކަށްވީއިރު، ރައީސް ނަޝީދު ރާއްޖޭގެ ބަދަލުގައި ސްރީ ލަންކާ ތަމްސީލުކުރައްވާއިރު، ސްރީލަންކާގެ ހާލަތު ގޯސްވެ، އެ ގައުމު ބަނގުރޫޓުވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ރައީސް ނަޝީދު ވަނީ އެ ގައުމުގެ އިގްތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް އެހީވުމަށް ކުރިމަތިލައްވާފައެވެ. އަދި އެގައުމުން ވަނީ އެކަން ބަލައިގެންފައެވެ.

