ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ ގުޅިގެން އެކްސްޕޯއެއް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

“ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022” ގެ ނަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން އެކްސްޕޯއެއް ބޭއްވުމަށް ހަމަޖައްސާފައިވާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ މި އެކްސްޕޯގެ މަގުސަދަކީ، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުންކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހީން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމަކީ ވެސް މި އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބުނެފައިވެއެވެ.

މި އެކްސްޕޯގެ ތެރޭގައި، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކެއް ވެސް ކުރިއަށްދާނެކަމަށާއި، މި ޕެނަލް ޑިސްކަޝަންތަކުގެ ބޭނުމަކީ، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ގިނަ ފަރާތްތަކަކަށް އަންގައިދީ އެ ދާއިރާތަކުން މީހުން ބިނާކުރުމަށް މަގުފަހިކޮށް އެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުންކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކާއި ކަމާގުޅުންހުރި ބައެއް މިނިސްޓްރީތަކުން ވެސް ބައިވެރިވާ މި އެކްސްޕޯ ކުރިއަށްދާނީ ނޮވެންބަރު މަހުގެ 18 އަދި 19 މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް  އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ވޯލްޑްބޭންކުގެ އެހީގައި ހިންގާ “މީރީ” ޕްރޮޖެކްޓުން ހަރަދުކޮށްގެން ބާއްވާ މި އެކްސްޕޯއަށް ވީހާވެސް ގިނަ ފަރާތްތަކުން ވަޑައިގެންނެވުމަށް މިނިސްޓްރީއިން އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: