ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު މިނިސްޓްރީން ރެފްރިޖަރޭޝަން، އެއާކޮންޑިޝަނިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ޔޫތު މިނިސްޓްރީއިން މަނަދޫގައި ހިންގި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ޕްރޮގްރާމް ޖުމްލަ 21 ބައިވެރިން ފުރިހަމަކޮށްފައިވާއިރު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޖަވާޒުއެވެ.

މި ޕްރޮގްރާމަކީ 4 މަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

މި ޕްރޮގުރާމަކީ ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ހިންގި ޕްރޮގުރާމެކެވެ.

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: