ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގައި ހިމެނެނީ، ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތެވެ. މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މުޖުތަމަޢުގެ ކަންކަމަށް ޙިއްޞާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ސަޤާފަތުގައި ހިމެނޭ ކަމެއް ކަމަށާއި އެގޮތުން ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާނެ ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ މަޝްރޫޢު ވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީ އެންމެ އަވަހަކަށް ހަވާލުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: