ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު އަމްޖަދު އަބްދުލްޣަނީ ގެ ސުލޫކީ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީ އިން ބުނީ އެ ކޮމިޝަނަށް ހުށައެޅުނު ޝަކުވާ އަކާއި ގުޅިގެން 2020 ވަނަ އަހަރުގެ ފެބަރުއަރީ 2 ވަނަވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި ފައިވާ ކަމަށެވެ.
އަމްޖަދުގެ މައްސަލަ ސާބިތު ނުވާ ކަމަށް ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 77 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

