ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ދެވަނަ ކުއާޓާރގައި ޕަރައިވެޓު ސެކްޓާރ އަށް ކެރެޑިޓް ދިން އަދަދު އިތުރު: އެމްއެމްއޭ

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ޕްރައިވެޓު ސެކްޓަރ އަށް ދެމުންދާ ކްރެޑިޓް އިތުރުވެފައިވާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވާގޮތުން 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާއި އަޅާ ބަލާއިރު ދެވަނަ ކުއާޓަރގައި ޕްރައިވެޓު ސެކްޓާރ އަށް ދެމުންދާ ކްރެޑިޓްގެ އަދަދުތައްވަނީ އިތުރުވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރ ނިމުނު އިރު ޖުމުލަކޮށް 27.9 ބިލިއަން ރުފިޔާގެ ކްރެޑިޓް ދީފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން މި އަދަދު އިތުރުވެފައިވާނަމަވެސް އަހަރީ ގޮތުން ކްރެޑިޓް ދެމުން އަންނަ އިންސައްތައަށް މާ ބޮޑު ބަދަލުތަކެއް ނާދެއެވެ. އެހެން ނަމަވެސް އެ އަދަދު ވަނީ 2 އިންސައްތައިން އިތުރުވެފައިކަމަށް ބުނެފައިވެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން އެންމެ ގިނައިން ޕްރައިވެޓު ސެކްޓާރ އިން ކްރެޑިޓް ދޫކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން މުޅި ސެކްޓާރ އަށް ދީފައިވާ ކްރެޑިޓްގެ 37 އިންސައްތައަކީ ފަތުރުވެރިކަމަށް ހޭދަކޮށްފައިވާ އަދަދެއްކަމަށް ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް މިއީ ފަތުރުވެރިކަމަށް ދެމުންދާ ކްރެޑިޓް އަދަދުތަކަށް ބާލާ ނަމަ އަހަރީ ގޮތުން ދަށް އަދަދެއް ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: