ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބިދޭސީއިން ދިރިއުޅެމުންދާ ހާލަތު ދެނެގަތުން މުހިންމު: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގަރާޖެއްގައި ރޯވެ ހިންގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތް އަވަހަށް އަދި ރަނގަޅަށް ތަހުގީގު ކުރަންޖެހޭކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ސަރަހައްދުގައި ހުންނަ އޭސްއެމް ކޫލް ސޮލިއުޝަންސް ކިޔާ ގަރާޖެއްގައި ރޯވެއް ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވަނީ 10 ބިދޭސީ މަސައްކަތްތެރިން ނިޔާވެފައިވާ ކަމާއިމެދު އިންތިހާއަށް ކަންބޮޑުވެލައްވާކަމަށް އިޝާރާތްކުރައްވާފައެވެ.

ނިޔާވި ބިދޭސީންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި ރައީސް ނަޝީދު ވިދާޅުވީ، އެ ހާދިސާ ހިންގައިދިޔަ ގޮތުގެ ތަހުގީގުތަކެއް އަވަހަށް އަދި ފުރިހަމައަށް ކުރަންޖެހޭކަމަށެވެ.  އަދި ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާ ހާލަތްތައް ދެނެގަތުން މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭގައި ހުންނަ އޭއެސްއެމް ކޫލް ސޮލިއުޝަންސް ގަރާޖު ރޯވި އިރު، އެ ގަރާޖުގައި ސާޅީހާއި ގާތް ކުރާ އަދަދަކަށް ބިދޭސީން ދިރިއުޅެމުންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި 14 މީހަކު ސަލާމަތް ކުރެވިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދޭއިރު، 10 މީހަކު ނިޔާވެފައިވާކަންވެސް ކަށަވަރުކޮށްދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: