ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ތަރިންނަށް މުއްދަތު ޖަހައިފި

ތަހުގީގު އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިލްމީ ތަރި އާމިނަތު ރިޝްފާ އާއި ފިލްމީ ތަރި ހުނޭޝާ ނަސީރު (ހުނޫ) އަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 4 އަންހެނަކާއި 8 ފިރިހެނަކު މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަަމަށެވެ.

ފުލުހުންގެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާ ގޮތަށް ބަލާއިރު ހަތަރު މީހަކަށް 30 ދުވަސް، ދެމީހަކަށް 15 ދުވަސް، ތިން މީހަކަށް 5 ދުވަސް، އެކަކަށް 7 ދުވަސް އަދި އެކަކަށް ވަނީ ތިންދުވަހުގެ މުއްދަތު ޖަހާފައެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: