ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ހާއްސަ ސިޓީއާއި އެކު ޝާހިދު ޔޫއޭއީއަށް!

ރިން މިނިސްޓަރު ޝާހިދު ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދް އަލް ނަހްޔާންއާ ބައްދަލުކުރެއްވުން --- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ސިޓީއެއް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް އަރުވައިފި އެވެ.

މި ސިޓީ ޔޫއޭއީގެ ރައީސަށް އަރުވާފައި ވަނީ، އެމަނިކުފާނުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމަށް ކުރައްވާ ދަތުރުފުޅުގައި، ދެބޭފުޅުން ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުވުމުގައި މިނިސްޓަރު ޝާހިދު ވަނީ، ރައީސްގެ ފަރާތުން ޔޫއޭއީގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުން އަރިސް ކުރައްވާފަ އެވެ.

މިނިސްޓަރު ވަނީ ޔޫއޭއީ ރާއްޖެ ދެމެދު އޮތީ ޒަމާންވީ، ގާތް ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ސަރުކާރުން ވެދޭ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް އަބޫދާބީ ފަންޑުން ރާއްޖޭގެ އިޖްތިމާއީ، އަދި އިގްތިސާދީ ތަރައްގީއަށް ވެދޭ އެހީތެރިކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ދެބޭފުޅުންގެ މެދުގައި ދެން މަޝްވަރާ ކުރީ، ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރު ޝާހިދާއި އެކު ޔޫއޭގައި ހުންނަވާ ރާއްޖޭގެ ސަފީރު އާމިނަތު ޝާބީނާ އާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޔޫއޭއީގެ ދަތުރުފުޅުގައި ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޯ ޑެވެލޮޕްމަންޓް ޑިރެކްޓާރ ޖެނެރަލް މުހައްމަދު އަލް ސުވައިދީ އާއި ވެސް ބައްދަލު ކުރައްވާފަ އެވެ. އަބޫދާބީ ފަންޑުން ވަނީ ކ ރާއްޖޭގެ ތެރައްގީ އާއި ގުޅުން ހުރި މަޝްރޫއުތަކާއި، ތަރައްގީގެ ޕްރޮޖެކްޓުތަކުގައި ކުރިޔަށް އޮތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
Redstar

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: