ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަން އައިލްގެ ނަމުގައި ހުޅުމާލޭގައި ޓޫރިޒަމް ޕްރޮޖެކްޓް އެއް އެޗްޑީސީ އިން އިފްތިތާހްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ތައާރަފު ކޮށްފިއެވެ.

އާބަން އައިލް އަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުން އޮންނަ ޓޫރިޒަމް އަށް ހާއްސަކޮށްފައިވާ ރަށެކެވެ. އާރބަން އައިލް ޕްރޮޖެކްޓް އިއުލާންކޮށްފައިވަނީ ރޭ ކްރޮސްރޯޑްސްގައި ބޭއްވުނު ގޯލްޑް 100 ގާލާ ހަފްލާގައި އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު އާތިފްއެވެ.

އާރބަން އައިލް އަކީ ހަމައެކަނި ބޮޑެތި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ނޫން ކަމަށާއި އެ މަޝްރޫއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ އިންވެސްޓަރުންނަަށް ވެސް އިންވެސްޓް ކުރެވޭނެ މަޝްރޫއެއް ކަމަށް އާތިފް ވިދާޅުވިއެވެ. އަދި އެ މަޝްރޫއާއެކު ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތައް ލިބި ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް އާތިފް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ އާރބަން އައިލް ގައި ޓޫރިޒަމް އަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީ ތައް ގާއިމްކޮށްފައިވެއެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް ހާއްސަ ރޫމްތަކުގެ އިތުރުން ޓްރާންސިޓްވާން އަންނަ ފަތުރުވެރިންނާއި ވިޔަފާރި ކަންކަމުގައި އަންނަ ފަތުރުވެރިންގެ އިތުރުން ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަށް ތިބުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ.

މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި އެޗް.ޑީ.ސީން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަރ ގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެއެވެ. އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރއެއް، އެޗް.ޑީސީން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އެކުންފުނިން އިސްކަންދެއެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް އެޗް.ޑީ.ސީން ވަނީ ރާވާފައެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމީ ޔަގީންކަމެކެވެ. މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައްބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެއެވެ. އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި  މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމީ ޔަގީންކަމެކެވެ. މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައްބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެއެވެ. އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި  މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީ އައްނަ އަހަރު އިނތިހާބު އޮންނާތީ ރައްޔިތުން ގުބޯ ހައްދަން ދައްކާ ވާޙަކަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: