ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50 ރުފިޔާގެ އައު ނޫޓް ދައުރުކުރަން ފަށައިފި

ފަންސާސް ރުފިޔާގެ އައު ނޫޓް / ފޮޓޯ: އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން 50 ރުފިޔާގެ އައު ޗާޕު  ދައުރުކުރަމުންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 50ރުފިޔާގެ އާޗާޕުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމް އޭ އިން ވަނީ ބުނެފައެވެ.

މި ނޫޓުގައި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވާތްފަރާތުގެ މަތީގައިވާ މޫނުމަތީގެ އަގާއެކުއެވެ. އަދި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީގެ އަގާއެކުއެވެ.

ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް ޢަލީ ހާޝިމެވެ.

ނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެންބަރު 2022، 12 ޞަފަރު 1444އެވެ.

މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: