ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު ރައީސް ސާލިހަށް: ހަމަޖެހިލައިގެން މަސައްކަތެއް ކުރައްވަނީ ކޮންއިރަކުތޯ؟

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ބައްލަވައިލެއްވުމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަވުމާއިއެކު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ ވަނީ ރައީސް ސާލިހަށް ދައުވަތުދެއްވާފައެވެ. މި ދައުވަތު ގަބޫލުކުރުމަށް ނިންމެވުމާއިއެކު ގިނަ ބަޔަކު އެމަނިކުފާނު ފާޑުކިޔުން އަމާޒުކުރީ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވަނިކޮށް ކޮންމެހެން ބޭނުންނުވާ  ހަރަދުތައްކުރަނީކަމަށް ބުނެއެވެ. މިއާއިއެކު މީޑިއާތަކަަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުން ބުނީ ގަތަރަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގައި ހުންނެވުމާއި ފަރިއްކޮޅުގެ ކަންކަން ހަމަޖައްސާނީ ގަތަރުގެ ސަރުކާރުން ކަމަށެވެ. އަދި ޓިކެޓަށް ހަަރަދުކުރައްވަނީ ރައީސް ސާލިހުކަމަށް ސަރުކާރުން ބުނިއެވެ.

މިކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ ރިސޯޓް ވެރިންގެ އެހީއަށް ތަރުޖަމާނު އަބަދު ގޮވާކަމަށާއި، ބާޒާރުގެ އަގުތައް މައްޗަށް ގޮސްފައިވާކަމަށެވެ.

ރައްޔިތުން ޓެކުހުން “ފެލައިފި” ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ގައުމުގެ ހާލަތު މިފަދައިން އޮއްވާ ވޯލްކަޕަށް ދާން ނިންމުމުން ސައީދު އައްސަވަފާއިވަނީ ރައީސްއަށް ވެފައި ހުންނެވީ ކިއްތޯއެވެ. އަދި ހަމަ ޖެހިވަޑައިގެން މަސައްކަތެއްކުރާނީ ކޮން އިރަކުންތޯވެސް ސައީދު ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުންވެސް ސައީދު ވަނީ ގައުމުގެ އިގްތިސާދީ ހާލަތާއި ގުޅުވާ ރައީސް ސާލިހަސް ގިނަ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެގޮތުން ސައީދު ވަނީ އޮޅުވާލައިގެން ދަރަނި ނަގާކަމުގެ ތުހުމަތު ސަރުކާރަށް ކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: