މާލޭގެ ގެއަކުން މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ،
ފުލުހުން ބުނީ މާފަންނު ގެއެއްގެ ފާހާނާއަށް ވަތް މީހެއްގެ ހަބަރެއް ނުވެގެން މިއަދު 9.15 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހާ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވިފައެވެ.
މިކަމާއި ބެހޭ އިތުރު ތަފްސީލްއެއް ފުލުހުން މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

