އިޖްތިމާއީ ނިޒާމް ހަރުދަނާ ކުރުމަށް މިސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ހަސަން ވިދާޅުވެއްޖެއެވެ.
ޢެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާ ޜައީސް ޢިބްރާހިމް މުހައްމަދު ށާލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިފްލީން ވިދާޅުވީ ނެތެމުންދާ ގުޅުންތައް އާލާވެ އާއިލީ ގުޅުމާއި ގޭތެރޭގެ ގުޅުންތައް ބަދަހިވެ ހަރުދަނާ ވެގެން ދިޔައީ ރައީސް ސާލިހުގެ ވެރިކަމުގައި ހިންގޭ ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ ހަރުދަނާ ކެމްޕޭން ތަކާއި އުސޫލު ތަކުގެ ސަބަބުން ކަމަށެވެ.
މިންތީގެ ހަމަހަމަ ކަން ކަށަވަރު ކޮށްދިނުމުގެ ގާނޫނު 2016 ގައި ވުޖޫދު ވެފައިި އޮތް ކަމަށާއި އެގާނޫނަށް ކުރެވުނީ ކޮން މަސައްކަތެއްތޯ ޒިފްލީން ވިދާޅުވިއެވެ. އަދި އެކަން ކުރެވުނީ ކޮން ސަރުކާރަކަށް ތޯ ކަމަށް ޒިފްލީން ވިދާޅުވިއެވެ.
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް ކަނޑައަޅުއްވައި އެޕްލޭންގެ ދަށުން މިންތީގެ ހަމަހަމަކަން ގާއިމްކޮށް ކަމާއި ގުޅުންހުރި ކަންކަން ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތަކީ ރައީސް ސާލިހުގެ ހިކުމަތްތެރި ކަމުން ކުރެވޭ މަސައްކަތްތައް ކަމަށް ޒިފްލީން ސިފަ ކުރެއްވިއެވެ.
ޒިފްލީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ދެވަނަ ދައުރެއް ދޭން ޖެހެނީ ހިލޭ ޑިގްރީ އަށް ފުރުސަތު ހުޅުވާލަދީ ފެރީގެ ނިޒާމުން ރަށްތައް ގުޅުވާލަދީފައިވުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ގެންގޮސްފައިވާތީ ކަމަށެވެ.
ރައީސް ސާލިހު ވަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކޮށްދީފައި ވުމާއެކު ސިއްހީ ދާއިރާ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް ޒިފްލީން ވިދާޅުވިއެވެ.
2012 ވަނަ އަހަރު ގެވެށި އަނިޔާ އިން ރައްކާތެރި ކުރުމުގެ ގާނޫނު 2012 ވަނަ އަހަރު ވުޖޫދުވެފައިވާ ކަމަށް ޒިފްލީން ވިދާޅުވިއެވެ. ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ގާނޫނު ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ރައީސް ސާލިހުގެ ކުރިން ވަޑައިގެންނެވި ވެރިން މަސައްކަތް ކޮށްފައިނުވާ ކަމަށް ޒިފްލީން ވިދާޅުވިއެވެ.
އަޅުގަނޑު މެންނަށް މިއަދު ފެނިގެން އެބަދޭ މި ތަންފީޒް ކުރުމަށްޓަކައި ރައީސް ސާލިހުގެ ދުރުވިސްނުންފުޅާއެކު ރައްޔިތުން ދެކެވާ ލޯތްބާއެކު އެމަސައްކަތް ކުރައްވަމުން ގެންދަވާތަން. ދަންނަވަންތޯ. ގެވެށި ގުޅުން ކެމްޕޭންގެ ނަމުގައި މި ހިންގޭ ކެމްޕޭނަކީ ގެވެށި އަނިޔާ އިން ރައްކާތެރި ކުރުމަށްޓަކައި ނުވަތަ ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހިންގޭ ވަރަށް ފޯކަސް ކެމްޕޭނެއް. އެހެންވީމަ މިކެމްޕޭންގެ ތެރެއިން އަޅުގަނޑުމެން ހާސިލް ކުރަން ބޭނުންވާ ކަންކަނ.ް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެތައް ޒަމާނެއް ވަންދެނ،ް ވީދެމުން ކުދިކުދިވަމުން އައިސްފައި އޮތް އިޖްތިމާއީ ކަންކަން މިއަދު ކުއްލިއަކަށް ބަދަލެއް ނުކުރެވޭނެ. އެހެން ނަމަވެސް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައިވެސް ތިން އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ފެންނަން ފަށައިފި މީހުންގެ އުޅުމަށް މީހުންނަށް އަންނަ ބަދަލު.
ޒިމްފީން ވިދާޅުވީ ނެތެމުންދާ ގުޅުންތައް އާލާވެ އާއިލީ ގުޅުމާއި ގޭތެރޭގެ ގުޅުންތައް ބަދަހިވެ ހަރުދަނާ ވެގެން ދިޔައީ ރައީސް ސާލިހުގެ ވެރިކަމުގައި ހިންގޭ ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ ހަރުދަނާ ކެމްޕޭން ތަކާއި އުސޫލު ތަކުގެ ސަބަބުން ކަމަށެވެ.
މިންތީގެ ހަމަހަމަ ކަން ކަށަވަރު ކޮށްދިނުމުގެ ގާނޫނު 2016 ގައި ވުޖޫދު ވެފައިި އޮތް ކަމަށާއި އެގާނޫނަށް ކުރެވުނީ ކޮން މަސައްކަތެއްތޯ ޒިފްލީން ވިދާޅުވިއެވެ. އަދި އެކަން ކުރެވުނީ ކޮން ސަރުކާރަކަށް ތޯ ކަމަށް ޒިފްލީން ވިދާޅުވިއެވެ.
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް ކަނޑައަޅުއްވައި އެޕްލޭންގެ ދަށުން މިންތީގެ ހަމަހަމަކަން ގާއިމްކޮށް ކަމާއި ގުޅުންހުރި ކަންކަން ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތަކީ ރައީސް ސާލިހުގެ ހިކުމަތްތެރި ކަމުން ކުރެވޭ މަސައްކަތްތައް ކަމަށް ޒިފްލީން ސިފަ ކުރެއްވިއެވެ.
އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް ލާމަރުކަޒު ކުރުމަށް ހަރުދަނާ އުސޫލު އެކުލަވާލުވުގެ މަސައްކަތް ކުރަމުންދާ ކަމަށް ޒިފްލީން ވިދާޅުވިއެވެ. އެގޮތުން އިޖްތިމާއީ ބަދަހި މަދަދު ވެރިން އުފެއްދުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ކުރަމުންދާ ކަން ޒިފްލީން ފާހަގަ ކުރެއްވިއެވެ.

