ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ މުޒާހަރާގައި ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ވ އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމާއި ގުޅިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރޭގައި ޕީޕީއެމް އިން ވަނީ މުޒާހަރާ ކޮށްފައެވެ.

މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މަޖީދީ މަގުގައެވެ. މުޒާހަރާގައި 16 މީހަކު ހައްޔަރުކުރި ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ރޭގެ މުޒާހަރާގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހިމެނެއެެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: