ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުން އަފީފަށް: މެމްބަރުންގެ ނަން އިއްވާ ނެރޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިދިިކޮޅުގެ މެމްބަރުންގެ ނަން އިއްވައި، މަޖިލީހުގެ ރައީސްވެސް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އެމްޑީޕީގެ މެމްބަރުން ގޮވާލައްވައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އިދިކޮޅުގެ މެމްބަރުންގެ އަޑުގަދަވެ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ކުރިއަށް ނުގެންދެވި މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލާ ހިސާބަށް ދިޔައިރުވެސް، އެއްވެސް މެމްބަރެއްގެ ނަން އިއްވާފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެކަމަށް ފިޔަވަޅެއް އަޅައިދިނުމަށް ގޮވާލައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސްވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވައި، އިދިކޮޅުގެ މެމްބަރުންގެ ނަން އިއްވުމަށްފަހު މަޖިލިސް ކުރިއަށްގެންދެވޭނެ ނިޒާމެއް ގާިއމްކޮށްދެއްވުމަށް އެމްޑީޕީ މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

“މަޖިލިސް ގަވާއިދަށް ރައީސް ހުރުމަތްތެރިކޮށް ހިއްތަވާ! މިބޭފުޅުންގެ ނަން އިއްވާފައި އިއްޒަތްތެރި ރައީސް މިބޭފުޅުން ނެރުއްވާ. މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލިސް ހިންގެވުމުގެ ފުރުސަތު ދެއްވާ!” އަނދުން ހުސެއިން

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވީ ދިވެހި ރައްޔިތުން ވަރަށް ސާފުކޮށް އިދިކޮޅަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. ނިޒާމު ގެއްލުވާލަން ބަޔަކު ކުރަމުންދާ މަސައްކަތުގައި މަޖިލީހުގެ ރައީސް ޖެހިވަޑައިގެންފިނަމަ މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް މެމްބަރު މުޣުނީ ވިދާޅުވިއެވެ.

“މަޖިލީސް ގަވާއިދުގައި ވަރަށް ރީއްޗަށް މިކަން ކުރެވޭނެ ގޮތް އެބައޮތް. ހައެއް ބޭފުޅުން މިތިއްބެވީ. ނަން އިއްވައި ބޭރުކުމަށްފަހު މަޖިލިސް ހިންގެވުމަށް ފުރުސަތު ފަހިކޮށްދީ!” މެމްބަރު މުޣުނީ

އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގެ ރައީސްވެސް އިދިކޮޅު މެމްބަރުންގެ އަވާގައި ޖެހިގެން މަޖިލިސް ހަރާބު ކުރައްވަނީކަމަށް ތުހުމަތުކުރައްވާފައެވެ. އެހެންނަމަވެސް، ރިޔާސަތުގައި އިންނަވާ މަޖިލިސް ކުރިއަށް ނުގެންދެވި މެދުކަނޑާލަން ޖެހުނުއިރުވެސް އެއްވެސް ބޭފުޅެއްގެ ނަން އިއްވާފައެއް ނުވެއެވެ.

އިދިކޮޅުން މިއަދު މަޖިލީހުގައި ކުރިއަށްގެންދިޔަ އިހުތިޖާޖް

ރިޔާސަތުގައި މިއަދު މަޖިލިސް ފެށިގެން މިހާތަނާއި ޖެހެންދެންވެސް އިންނެވީ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފައިނުވާއިރު، ނައިބްރައީސްވެސް މިއަދު މަޖިލީހުގެ ތަޅުމަށް ހާޒިރުވެފައެއްނުވެއެވެ.

ތަޅުމުގައި އިހުތިޖާޖުކުރެއްވި މެމްބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، މާވަށު ދާއިޜާގެ މެމްބަރު މުހައްމަދު ސައީދާއި، ގުރަިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)އެވެ.

މަޖިލީހުގައި އިހުތިޖާޖުކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށް މިވަގުތު މެމްބަރުން ވަނީ ރައީސް އޮފީހަށް ވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: