ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީގެ ގެއްލުންތައް ފޫބެއްދުނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުން: ރައީސް ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމުށާއި ދިރިއުޅުން އަލުން ކޮޅަށް ޖެހުމަށް އެންމެ ވަރުގަދަ ވަސީލަތަކަށްވީ ދިވެހިންގެ އެއްބައިވަންތަކަންކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މ ކޮޅުފުށީގައި ކުރިއަށް ގެންދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސުނާމީގެ ކާރިސާ ހިނގައިދިޔަ ދުވަސްވަރު ދިވެހިން ސާބިތުކޮށްދިނީ ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން ކޮންމެ ގޮންޖެހުމެއްވެސް ހުރަސް ކުރެވިދާނެކަން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މީހުން ދިރިނޫޅޭ ބައެއް ރަށްރަށް ހަލާކުވެގެންދިޔަކަމަށެވެ. އަދި އެހެނިހެން ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔަކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެ ހިތާމަތަށް ތަހައްމަލު ކުރުމަށާއި ދަތިތައް ފޫބެއްދުމަށް ކުރި މަސައްކަތުގައި ގެއްލުން ލިބުނު ރަށްތަކާއި ނުލިބޭ ރަށްތަކާއި ދެމެދު ތަފާތެއް ނެތްކަަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ހުރިހާ ރައްޔިތުންވެސް އެ ބަޔަކަށް ވީވަރަކުން، ކެރި ފޯރުންތައް ހުރިވަރަކުން އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިންކަމަށެވެ. އަދި ސަލާމަތީ ހިދުމަތްތަކާއި ދިފާއީ ބާރަށް ނިސްބަތްވާ ބޭފުޅުން ސުނާމީގެ ފުރަތަމަ ވަގުތުން ފެށިގެން ކުރި ބުރަ މަސައްކަތްތައް ދިވެހި ތާރީހުގައި އަބަދުވެސް ފެނިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: