ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުގެ ގެ ކައިރީ އިހުތިޖާޖު ކުރުމުން ސިފައިން އައުން އާދަމް ޝަރީފް ސިފަ ކުރީ ހުދުމުހުތާރު އަމަލެއްގެ ގޮތުގައި!

އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި އާދަމް ޝަރީފް/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެ ކައިރިޔަށް އެއްވެ ޝުއޫރު ފާޅުކުރަން ފެށުމުން ސިފައިން އެ ސަރަހައްދަށް އައުމަކީ ހުދުމުހުތާރު ވެރިކަމެއްގެ ސިފައެއްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވ. އާރަށް މައްސަލައިގައި ދައުލަތުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސަބިތާކަމަށް ނިންމައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އިދިކޮޅުން ވަނީ މިއީ ބޭއިންސާފު ހުކުމެއްކްމަށް ބުނެ، މަގުމަތީ ހަރަކާތްތައް ފަށާފަ އެވެ. އަދި ތަކުރާރުކޮށް ބުނަމުން ދަނީ ރައީސް ޔާމީންގެ ނަން އިންތިހާބުގެ ކަރުދާހުގައި އޮންނާނެ ކަމަށެވެ.

ރޭ ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ”ސަންގު“ އަށް އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ ބޭނުމަކީ މަގުމަތީ ހަމަނުޖެހުން އުފައްދައި ތަކެއްޗަށް ގެއްލުން ދިނުމެއް ނޫންކަމަށެވެ. އަދި އިދިކޮޅުގެ އިހުތިޖާޖުތަކަކީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހަރަކާތްތަކެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުން އޭނާ ކުށްވެރި ކުރި އެވެ.

ރޭގެ އިހުތިޖާޖު ޗާނދަނީ މަގުން ފެށި ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވުމުން ހައްޔަރު ކުރުމުން ދެން ބައިވެރިން އައީ ސޯސަން މަގުގައި ހުންނަ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގޭގެ ސަރަހައްދަށެވެ. އަދި އެ ސަރަހައްދުގައި އަޑުގަދަކޮށް، ރައީސް ޔާމީނަށް އިއްވި ހުކުމުގައި ޝާހިދުގެ އަތެއް ވެސް ވާނެކަމަށް ތުހުމަތުކޮށް އޭނާގެ އިސްތިއުފާއަށް ގޮވި އެވެ.

މަގު އެއްކޮށް ބަންދުވެ، ފުލުހުންނާއި އެސްއޯ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައި އޭގެ އިރުތަކެއް ފަހުން އެމްއެންޑީއެފްގެ ތިން އޮފިސަރުން އައިސް ޝާހިދު ގޭގެ ދޮރުމަތީ ފޯރިމަރަން ފެށި އެވެ. މިއީ އެއްވެސް ގޮތަކަށް ސިފައިންގެ މެންޑޭޓެއް ތޯ އާއި، ސިފައިންނަށް މިގޮތަށް ކުރިޔަށް ދާ ކުދިކުދި އެއްވުންތަކަށް ނިކުމެވިދާނެ ތޯ ސުވާލު ކުރުމުން ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ މިއީ ދައުލަތުގެ ހިދުމަތްތައް ބޭކާރު ގޮތުގައި ދުއްވާލުން ކަމަށެވެ. އަދި ސިފައިންގެ ބުންވަރު ގެއްލޭނެ ގޮތަކަށް ސަރުކާރުން ކުރުވާ އަމަލުތަކެއްކަމަށް އޭނާ ތުހުމަތު ކުރި އެވެ.

”އެއްވެސް ބޭނުމެއް ނެތްކަމެއް… އަޅުގަނޑުމެން ގަބޫލު ކުރަނީ މިއީ ދިވެހި ރައްޔިތުންނަށް ބިރު ދެއްކުމުގެ ނިޔަތުގައި ކުރާކަމެއްގެ ކަމަށް.. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވެސް ދިވެހި ފުލުހުންނާއި ދިވެހި އަސްކަރިއްޔާގެ ކަންކަން ހުންނަން ޖެހޭ ގޮތް ވަރަށް ރަނގަޅަށް އެނގޭ“ އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ އެއްވުންތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށެވެ. އަދި އެއްވުމުގެ ބައިވެރިންނަށް ބިރު ދައްކައި އަނިޔާކޮށްގެން މުޅި ގައުމުގެ ތެރޭގައި އޮތީ ޑިކްޓާޝިޕް ވެރިކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ދައުލަތުގެ ވަޒީރެއްގެ ގޭ ދޮށަށް އެއްވުން އެއީ ސިފައިން ނިކުނަން ޖެހޭ ސަބަބެއް ނޫންކަމަށާއި މިއީ ހުދުމުހުތާރުކަން ދައްކުވައިދޭ ސިފަތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމުން އެމަނިކުފާނު ސަލާމަތް ކުރުމަށް އިދިކޮޅުން ހުއްޓާނުލައި މަސައްކަތް ކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެއްވުންތަކުގައި ދިވެހި ސިފައިން ބޭނުން ކުރުމަކީ އެއީ އެ އޮފިސަރުންގެ ހައިބަތާއި ގަދަރު ގެއްލުވާލުންކަމަށާއި ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިބި އޮފިސަރުންތަކެއް ސިޔާސީ ބޭނުމަކަށް މަގުތަކަށް ނެރުން ބަލައި ނުގަނެވޭނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: